ބަރުދަން ލުއިކޮށްލުމަށް ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކޮށްލައި މީހާ ދުޅަހެޔޮ ސިއްހަތަކަށް މި ބުއިންތައް ބޭނުންކޮށްލުން ކީއްތޯ!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 41ސ
ބަރުދަން ލުއިކޮށްލުމަށް ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކޮށްލައި މީހާ ދުޅަހެޔޮ ސިއްހަތަކަށް މި ބުއިންތައް ބޭނުންކޮށްލުން ކީއްތޯ!

 

ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކުރުމަށް އެހީތެރިވެދެއެވެ. މެޓަބޮލިޒަމް ވަރުގަދަކޮށްލަދޭނެއެވެ. އެންމެ މުހިންމު އަދި ބޮޑު ކަމަކީ ބަރުދަން ލުއިކޮށްލުމަށް އެންމެ ހެޔޮއެދޭ އެކުވެރިއަކަށް މި ޑިޓޮކްސް ބުއިންތައް ވާކަމެވެ. ބަހުގެ މާނައަށް ބަލައިލާއިރުވެސް ޑީޓޮކްސްގެ މާނައަކީ އަލުން އާކޮށް ރަނގަޅޫކޮށްލުމެވެ، އެހެންކަމުނ ޑިޓޮކްސް ބުއިންތައް މިއީ ދޫކޮށްލާވަރަށް ވުރެން މާބޮޑަށްވެސް މުހިންމު އެއްޗެއްކަން ގައިމެވެ.

މިޑިޓޮކްސް ބުއިންތަކުގެ އެކި ވައްތަރު ހުންނައިރު އޭގެ ތެރެއިން އެންމެ ގިނަ މީހުންގެ އިތުބާރާއި ޔަގީންކަން ލިބިފައި ވުމުގެ އިތުރުން އެންމެ ފަސޭހަކަމާއެކު އަދި އެންމެ އަގުވެސް ބޮޑުނުވާނެހެން ތައްޔާރުކޮށްލެވޭ ޑިޓޮކްސް ބުއިމަކީ އޭބީސީ ސްމޫތީއެވެ، އަސްތާއެވެ، މިއީ އެއްވެސް ހާލެއްގައި ކުޑައިރު އިންޓަވަލް ހަމަށް އަޅައިގެން އެ ގެންދިޔަ އޭބީސީ ޖޫހުގެ ވާހަކައެއް ނޫން އިނގޭތޯއެވެ.

 

އޭބީސީ ސްމޫތީ

އޭ ބީ ސީ މި މާނަ ކުރާ ގޮތަކީ އ އަކީ އެޕަލް އާދެ އާފަލެވެ. ބީ އަކީ ބީޓްރޫޓެވެ. އަދި ސީ އަކީ ކެރެޓެވެ. މި އޭބީސީ ޖޫހަކީ އާފަލާއި ބީޓްރޫޓާއި އަދި ކެރެޓް އެއްކޮށްގެން ތައްޔާރު ކުރާ ބުއިމެކެވެ. މި ބުއިމުގެ ސަބަބުން ޑީހައިޑްރޭޓް ވުން ނުވަތަ ގައިން ފެންމަދުވުމުން ސަލާމަތްކޮށްދެއެވެ. ބީޓްރޫޓްސް އަކީ އެންޓިއޮކްސިޑެންޓްތަކުން މުއްސަނދިވެފައިވާ އެއްޗެކެވެ. މިއީ ފުރަމޭގައި ހުންނަ ސެލްތައް ސްޓިމިއުލޭޓްކޮށް، ވިހަ މާއްދާތައް ފުރަމޭގައި އުފެދުން މަދުކޮށްލަދޭ އަދި ފުރަމޭގައި ސަރުބީ ޖެހުމުން ވެސް ދުރުކޮށްލަދޭ ބާވަތެކެވެ.

މިއީ ތައްޔާރުކޮށްލަން އެހާމެ ފަސޭހަ ސްމޫތީއެކެވެ.

އާފަލު ތޮށްޓާއެކު ކޮށާލާށެވެ. އަދި ބީޓްރޫޓްގެ ތޮށިމަށައި އެވެސް ކޮށާލާށެވެ.

ކެރެޓްގެ ވެސް ތޮށިމަށައި ކޮށާލާށެވެ.

ދެން މިކްސްޗަރުގައި ގިރާލާށެވެ.

ބޭނުންނަމަ މިއަށް އަދި ދެތިން އެއްޗެއް އެއްކުރެވިދާނެއެވެ،

މާމުއިސަމުސަލެއް، ލުނބޯހުތު ޖޫސްފޮދެއް، އިނގުރުކޮޅެއްވެސް އެއްކޮށްލެވޭނެއެވެ.

 

ލެޓިއުސް، މިންޓް، ކަރާ އަދި ސްޕިނެޗް ޑިޓޮކްސް ޑްރިންކް

ފެހި ކުލައިގެ މި ޑިޓޮކްސް ބުއިމަކީ ރަހަ ނުބައި ކަމުގައިވިސް ސިއްހަތަށް ނިކަން ފައިދާ ހުރި ބުއިމެކެވެ. ގިނަ އަދަދެއްގެ ނިއުޓްރިއެންޓްސް އިން މުއްސަނދި މި ސްމޫތީއަކީ ޑީހައިޑްރޭޓްވުމުން އެއްކޮށް މީހާ ބަދަލުކޮށްލާ ބާވަތެކެވެ. މީގައި އެންމެ ހާއްސަ އަނެއްކަމަކީ ބަނޑުހަރުވުމާއި ބަނޑުފުއްޕާފައި ހުރުން، ބޮޑުކަމުދާން ދަތިވުމުން ސަލާމަތް ކޮށްދޭ ކަމެވެ. އާދޭހެވެ. މިއީ ފައިބަރުން ފުރިފައިވާ ހަޖަމުކުރުމަށް ލުޔެއް ދީ، ހަށިގަނޑުން އިތުރު ބަރުދަން ތައް ބޭރުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ރަނގަޅު ނަތީޖާއެއް ހޯދުމަށް ކޮންމެ ދުވަހަކު ވެސް މި ބުއިން ބޭނުން ކުރާށެވެ.

 

ހޫނު ފެނުގައި ލުނބޯ ސިއްހަތަށް ފައިދާތަކުން ފުރިފައި

ލުނބޯ ފެން ބުއިމުން ލިބޭ ސިއްޙީ ފައިދާތަކުގެ ތެރޭގައި ވިޓަމިން ސީ އާއި އެންޓިއޮކްސިޑެންޓްސް ހަށިގަނޑަށް އެއްވަގުތަކު ލިބުން ފާހަގަކޮށްލެވެއެވެ. ހަމައެހެންމެ ހަކުރު އެކުލެވޭ ބުއިންތައް މަދުކުރުމާއި ބަރުދަން ލުއިކުރުމަށް އެހީތެރިވެދިނުމަކީ މީގެ އެންމެ ހާއްސަ އެއްފައިދާކަން ވަނީ ދިރާސާތަކުންވެސް ހޯދައި ޔަގީންކޮށްދީފަައެވެ.

ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބުއިމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ ގިނަ ބަލިތަކުން ރައްކާތެރިކޮށްދޭ ކަމެއްވެސްމެއެވެ. ހޫނު ދުވަސްތަކުގައި ޑީހައިޑްރޭޓް ވުމަކީ އާންމުކަމެކެވެ، އެހެންކަމުން ހޫނު ދުވަސްތަކުގައި އިތުރަށް ހަށިގަނޑަށް ފެން ބޭނުންވެއެވެ.

ހޫނުފެނުގައި ލުނބޯ ރޭގަނޑު ނިދުމުގެ ކުރިން ބުއިމުން އަނެއް ދުވަހު ޑީހައިޑްރޭޓް ވުމުން ދުރުކޮށްލަދޭ ހަށިގަނޑަށް ތާޒާކަން ލިބިގެންދާނެއެވެ.

ލުނބޮލަކީ ވިޓަމިން ސީ އެކުލެވިގެންވާ އިރު އެންޓިއޮކްސިޑެންޓެއްވެސް މެއެވެ. މިއީ ހަށިގަނޑުގައި އިންފްލެމޭޝަން ޓްރަސްޓްޑް ސޯސް އުފައްދައި، ގިނަ ބަލިތަކަށް މަގުފަހިކޮށްދޭ ފްރީ ރެޑިކަލް ސެލްތަކުން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ލުނބޯ ފެން ބުއިމަކީ ބަރުދަން ލުއިކުރުމުގެ ގޮތުގައި ގިނަ ފަހަރަށް ކާމިޔާބުވެފައިވާ ކަމެކެވެ.

ލުނބޯ ޖޫހަކީ ކަށީގެ ވަރުގަދަކަމާއި މުޅި ސިއްހަތު އިތުރުކޮށްދޭ އެއްޗެކެވެ. ލުނބޯ ފެނަކީ ހެނދުނު އެންމެ ފުރަތަމަ ބުއިމެއްގެ ގޮތުން ބޭނުން ކުރުން މުހިންމެވެ. ސަބަބަކީ އިންސާނާގެ ހަށިގަނޑަށް މި ލުނބޯޖޫހުން، ނުވަތަ ލުނބޯ ފެނުން ފައިދާތައް ލިބޭނީހެނދުނެ ކަމަށްވާތީއވެ.

ހޫނުފެނުގައި ލުނބޯ ބޭނުން ކުރުމުން ބަނޑުހަރުވުމާއި ބަރުދަންލުއި ކުރުމަށްވެސް މަގުފަހިވެދާކަމަށްވެއެވެ. ހުސްބަނޑާހުރެ ބޭނުންކުރުމުން ފައިދާ އިތުރުވެއެވެ.

މިއަދު އޮންލައިން