ލޭމައްޗަށް ދާމީހުން ކަސްރަތު ކުރުން: ވިސްނައިގެން ތިމާއަކީ ލޭމައްޗަށް ދާ މީހެއްކަން ހަނދާން ބަހައްޓަން ވާނެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ލޭމައްޗަށް ދާމީހުން ކަސްރަތު ކުރުން: ވިސްނައިގެން ތިމާއަކީ ލޭމައްޗަށް ދާ މީހެއްކަން ހަނދާން ބަހައްޓަން ވާނެ

ލޭމައްޗަށް ދާ މީހަކަށްވެސް ކަސްރަތު ކުރެވޭނެއެވެ. ނަމަވެސް ވިސްނަން ޖެހޭ ކަންތައް ތަކެއް ހުންނަކަން ވެސް ހަނދާން ބަހައްޓަން ވާނެއެވެ. އެއީ ކޮންމެވެސް ކަސްރަތު ކުރަން ބޭނުންވާނަމަ އެންމެ ފުރަތަމަ ދެނެގަނެ އަހުލުވެރިވާން މުހިންމު ކަންކަމެވެ.

ލޭމައްޗަށް ދިއުމުގެ ތެރޭގައި ސިކުނޑިއަށް ގެއްލުން ލިބުން، ސިކުނޑީގެ ލޭނާރުތަކަށް މައްސަލަ ދިމާވުން، ލޮލުގެ ލޭނާރުތަކަށް މައްސަލަ ދިމާވުން، ހިތުގެ ލޭނާރުތަކަށް މައްސަލަ ދިމާވުން ފަދަ ކަންކަން ހިމެނެއެވެ. މިފަދަ ސިއްހީ މައްސަލަތަކެއް ހުންނަ މީހެއް ނަމަ، އަދި ކަސްރަތާ މެދު ސުވާލެއް އުފެދޭ ނަމަ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުން ވަރަށް ވެސް މުހިންމެވެ.

މަތީގައި ބަޔާންކުރި ފަދަ ގުނަވަނަކަށް ގެއްލުން ލިބިފައި ހުރިކަމުގެ އަލާމާތްތަކުގެ ތެރޭގައި، ބޮލުގައި ރިއްސުން، ނޭވާލާން އުނދަގޫވުން، ފައި ދުޅަވުން ކަހަލަ ކަމެއް ފާހަގަ ވާނަމަ ޑޮކްޓަރެއްގެ އިރުޝާދާ ނުލައި ކަސްރަތު ކުރުން ރަނގަޅެއް ނޫނެވެ.

ޓެސްޓުތައް ހަދާއިރު މިފަދަ ކަމެއް ނެތްކަމުގައިވާނަމަ، ޕްރެޝަރު އެއްކޮށް ކޮންޓްރޯލް ނުވިޔަސް ކަސްރަތު ކުރެވިދާނެއެވެ.

ކަސްރަތު ކުރުމުގެ ތެރޭގައި ބަރު އެއްޗެހި އުފުލިކަމުގައި ވިޔަސް ނުވަތަ ވެއިޓް ޓްރެއިނިން ކުރިޔަސް ޕްރެޝަރު މައްޗަށް ދާ ކަމަކަށް ދިރާސާތަކުން ފާހަގަވެފައެއް ނުވެއެވެ. ނުވަތަ އޭގެ ސަބަބުން އިތުރު އެހެން ގެއްލުމެއްވެސް ލިބޭ ކަމަކަށް ދިރާސާތަކުން ނުދައްކާ ކަމަށް ޑޮކްޓަރުން ވަނީ ފާހަގަކުރައްވާފައެވެ. ލޭމައްޗަށް ދާތީ، ކަސްރަތު ކުރަން ޖެހިލުން ނުވާށެވެ. ޕްރެޝަރު ހުންނަ މީހަކަށްވެސް ވަރަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރެވިދާނެއެވެ. ހަމައެކަނި ތިމާއަކީ ކޮންކަހަލަ މައްސަލަތަކެއް ހުރި މީހެއްކަން ދެނެގަތީމަ ރަނގަޅު ނަތީޖާ ފެންނާނެއެވެ.

މިއަދު އޮންލައިން