ހިނދުކޮޅަކަށްވެސް ޛިކުރުކުރުމާ ދުޢާކުރުން ހުއްޓާނުލައި ކޯމާގަ 8 އަހަރު ހޭދަކުރި އަންހެން ކުއްޖެއްގެ އަސަރުން ފުރިގެންވާ ތަޖުރިބާ އާއި ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 6ސ
ހިނދުކޮޅަކަށްވެސް ޛިކުރުކުރުމާ ދުޢާކުރުން ހުއްޓާނުލައި ކޯމާގަ 8 އަހަރު ހޭދަކުރި އަންހެން ކުއްޖެއްގެ އަސަރުން ފުރިގެންވާ ތަޖުރިބާ އާއި ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ-

ކޯމާގައި ކިތަންމެ ގިނަ ދުވަހަކު އޮންނަން ޖެހުނަސް އެކިމީހުން ތިބެނީ އެކި ޙާލަތުގައެވެ. އެކަން މެދުވެރިވަނީ ސިކުނޑިއަށް ލިބޭ ގެއްލުމުގެ މިންވަރުންނެވެ. ވީމާ ކޯމާގައި އޮންނަ މީހަކަށް އޭނާގެ ވަށައިގެން ހިނގާ ކަންކަން ނުއެނގޭނެ ކަމަށް ޤަބޫލުކުރާކަށް ނުވާނެއެވެ. 

ކޯމާގައި އޮތްނަމަވެސް ނޭވާލާނަމަ ވީހާހެޔޮކޮށް ކަންކަންކުރަންވާނެއެވެ. ލޯބިދޭންވާނެއެވެ. އޭނާއަށް އެކަންކަން އިޙްޞާޞްވާނެތީއެވެ. 

ތިރީގައިވާ ވާހަކައަކީ ވަރަށް ގިނަ ޢިބްރަތްތަކެއް ހިމެނޭ ވާހަކައެކެވެ. ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިގެންދާ ވާހަކައެކެވެ. ވިދާޅުވެލައްވާށެވެ! 

އަހަރެން މިކިޔައިދެނީ ކޯމާގައި އޮންނަންޖެހުނު 8 އަހަރު އަހަރެންނަށް ކުރަންޖެހުނު އިޙްޞާޞްތަކުގެ ވާހަކައެވެ. އަހަރެންނަށް އަޑުއިވެއެވެ. އިޙްޞާޞްކުރެވެއެވެ. ވަށައިގެން ހިނގާ ކަންކަންވެސް އެނގެއެވެ. ނަމަވެސް ދޫވެސް ތުންފަތްވެސް ތަޅުވައެއް ނުލެވެއެވެ. އެންމެ ކުޑަމިނުން ލޯހުޅުވައިލުމުގެ ބާރެއްވެސް ނެތެވެ. 

އެއިރު އަހަރެންގެ އުމުރަކީ 18 އަހަރެވެ. ސްކޫލުން ގެއަށްދިއަ މަގުމަތީގައި ކާރެއްގައި ޖެހި އެކްސިޑެންޓްވީކަން އެނގެއެވެ. ދެންވީގޮތެއް ނުއެނގެއެވެ. ދެން ކަންކަންވާ ގޮތް އެނގެންފެށީ ހޮސްޕިޓަލުގައި އެއްވައެވެ. 

ޑޮކްޓަރުން އަހަރެންގެމަތިން އުންމީދުކަނޑައިލިއެވެ. ހޭއަރާނެކަމުގެ އުންމީދެއް ނެތްކަމަށްވެސް ބުންޏެވެ. ޑޮކްޓަރުން ދެއްކި ވާހަކަތަކުގެ ސަބަބުން މަންމަވެސް އަހަރެންގެމަތިން އުންމީދުކަނޑައިލިއެވެ. ނަމަވެސް ބައްޕަ އަހަރެންގެމަތިން އުންމީދު ކަނޑައެއް ނުލައެވެ. 

ކޮންމެރެއަކުހެން ބައްޕަ ޒިޔާރަތްކުރެއެވެ. ގައިގައި ފިރުމައެވެ. އަތުގައި ހިފައިގެން އިނދެ ވާހަކަދައްކައެވެ. ހިތްވަރުދެއެވެ. ދަރިފުޅު މިދުނުޔެދޫކޮށްފިނަމަ ބައްޕަ ވަރަށް ބޮޑަށް އެކަނިވެރިވާނެކަމަށް ބުނެއެވެ. މަންމަ އަތުވެއްޖެނަމަ ބައްޕައާއި ދެމީހުން ކޮންމެވެސް ޒުވާބެއްކުރާނީއެވެ. އަހަރެންގެ ހޮސްޕިޓަލްބިލް އެއީ ބޭކާރު ޚަރަދުތައްކަމަށްވެސް ބުނާނެއެވެ. އެއިރުވެސް ޤަބޫލުކުރެވެނީ އެކަން އެހެން އެވަނީ ޑޮކްޓަރުންގެ ބަސް މަންމައަށް ޤަބޫލުކުރެވިފައިވާލެއް ބޮޑުކަމުން ކަމަށެވެ.  

އެފަދަ ޙާލެއްގައި އޮންނަތާ 3 އަހަރުފަހުން ގެއަށް ބަދަލުކުރިއެވެ. ލައިފްސަޕޯޓިންގ މެޝިނާއިއެކުގައެވެ. ފުރަތަމަ އަހަރެން ބޭއްވީ އަހަރެން ކުރިން އުޅުނު ކޮޓަރީގައެވެ. އެކޮޓަރީގައި އޮތްއިރުވެސް ކޮންމެ ދުވަހަކުހެން ބައްޕަ ޒިޔާތްކުރެއެވެ. މަންމަ ޒިޔާރްތްކުރަނީ ވަރަށް މަދުންނެވެ. ޒިޔާރަތްކށްފައި އެއްޗެތިގޮވާނީއެވެ. ކުރަންޖެހޭ ޚަރަދުގެ ވާހަކަތައް ގޮވާނެއެވެ. 

އަނގަހުޅުވާފައި މެޝިން ކަނޑާލައި އަހަރެން މަރައިލާށޭ ބުނަން ބޭނުންވެއެވެ. ނަމަވެސް އެއްވެސް ބާރެއް ނުލިބެއެވެ. އެކޮޓަރީގައި ހައަކަ މަސްދުވަހު ބާއްވާފައި ގޭގެ ސާވަންޓްރޫމަށް ބަދަލުކޮށްފިއެވެ. އެކޮޓަރިކުޑަކަމުން ބެހެއްޓެނީ ހަމައެކަނި އެނދާއި މެޝިނެވެ. އެކަންކުރީވެސް ހަމަ މަންމައެވެ. 

އެކޮޓަރިހުންނަނީ ސިޓިންގރޫމާއި ޖެހިގެންކަމަށްވާތީ ދައްކާވާހަކަވެސް ދޮރުހުޅުވާފައި ހުންނައިރު އަޑުއިވެއެވެ. އެންމެ ދެރަވީ ފެށުނީންސުރެ މަންމަ ތަނަވަސްމީހަކު ދެކެ ލޯބިވެގެން އުޅޭކަން އެނގުމުންނެވެ. ބައްޕަ ގޭގައި ނުއުޅޭ ވަގުތުތަކުގައި އެމީހާ ގެއަށްވެސް ގެނެއެވެ. ދުވަސްކޮޅަކުން ބައްޕަގާތުން ވަރިވެގެން ހިނގައްޖެއެވެ.  އެދުވަހު ހިތަށް އެރިއެވެ. "އަހަރެން ދުނިޔޭގައި ބަހައްޓަން މަންމަ ބޭނުންނުވަނީވެސް ބައްޕައަށް މަކަރުހަދާފައި ފިލަން ހިތުގައި އޮންނާތީތާއެވެ! އަހަރެން ހުރިނަމަ ބައްޕައަށް ހިތްވަރުދީ އެހީތެރިވާނެތީތާއެވެ. 

މަންމަ ގެއިން ދިއުމުން ބައްޕަ މަސައްކަތުގައި އުޅެންޖެހޭ ވަގުތުތަކުގައި އަހަރެން ބަލާނެ މީހަކު ނެތުމުން ނަރސިނގހޯމަކަށް ބަދަލުކުރިއެވެ. ފުރަތަމަކޮޅު ބައްޕަ ޒިޔާތްކުރިއެވެ. ދުވަހަކުވެސް މަންމައެއް ނުދެއެވެ. މަންމަ އަހަރެންގެމަތިން ހަނދާން ނައްތައިލީއެވެ.

ބައްޕަ ނައިސް ދުވަސްކޮޅަކުހުރުމަށްފަހު އައި ދުވަހަކު އަހަރެންދެކެ ވަރަށް ލޯބިން އުޅުނެވެ. އެއީ އަހަރެންގެ އުފަންދުވަސްކަންވެސް ހަނދާންކޮށްދިނެވެ. އަދި ބުންނެވެ. "ދަރިފުޅާއެވެ! ބައްޕައަށް ނާދެވި ދުވަސްކޮޅެއް ފާއިތުވީތީ މާފުކުރާށެވެ! އެއީވެސް ހަމަދަރިފުޅަށްޓަކައެވެ. ބައްޕަ ބުރަކޮށް މަސައްކަތްކުރީއެވެ. ލާރިކޮޅެއް ހޯދައިގެން ދަރިފުޅު ގޭގައި ބާއްވައިގެން ބަލަހއްޓާނެ ނަރުހަކު ހޯދައިފީމެވެ. މިއައީ ދަރިފުޅު ގެއަށް ގެންދަން ބަލައެވެ." 

އެވަގުތު ލިބުނު އުފަލެއްގެ ބޮޑުކަމާއެވެ. "ޝުކުރިއްޔާ! ބައްޕާ!" އެވެ ބުނަން ވަރަށް މަސައްކަތްކުރީމެވެ. ނަމަވެސް ދޫ ޙަރަކާތެއް ނުކުރިއެވެ. ނަމަވެސް 8 އަހަރަށްފަހު ލޯހުޅުވައިލެވުނެވެ. ލިބުނު އުފަލުގެ ބޮޑުކަމުން ބައްޕަ ދުއްވައިގަތީ އަވަހަށް ޑޮކްޓަރަކު ހޯދާށެވެ! 

ޑޮކްޓަރުން ބަލާފައި ބުނީ ވާހަކަދެކެވި ކަންކަން ހަމައަކަށް އެޅެން ވަގުތުނަގާނެ ކަމަށެވެ. ނަމަވެސް ސިކުނޑިން ނިދާފައި އޮތްބައި މިހާރު ހޭލައިފިކަމަށެވެ. މަޑުމަޑުން ދާނީ ރަނގަޅުވަމުން ކަމަށެވެ. 

ބައްޕަ ގެއަށް ދިއައީ އަހަރެން ގޮވައިގެންނެވެ. އަހރެމެން އެމްބިޔުލާންސުން ފޭބިއިރު ފޮށްޓެއް ހިފައިގެން މަންމަ ގޭދޮރުމަތީގައި ހުއްޓެވެ. އެނބުރި އައީ ކަމަށާއި މާފުކުރުން އެދި ބައްޕަގާތު އާދޭސްކުރަން ފެށިއެވެ. ބައްޕަ ބަލައިލީ އަހަރެންގެ މޫނަށެވެ. ސްޓްރެޗަރގައި އޮވެފައިވެސް ދެކޮޅު ހެދުމުގެ ގޮތުން ބޯހޫރާލައި ނޫނެކެވެ ބުނީމެވެ. އެއީ މަންމަ އަހަރެންނާއިމެދު ކަންކަން ނުބައިގޮތަށް ކުރީތީއެއް ނޫނެވެ. ބައްޕައަށް ވަގަށް މުޅި އުމުރުގައި ބައްޕައަށް ޚިޔާނާތްތެރިވީކަން އެނގިފައި އޮތުމުންނެވެ. 

އަހަރެންނަށް ވާހަކަ ދެކެވި ހަމައަކަށް އެޅުނީ މަހެއްހައިދުވަސްފަހުންނެވެ. ވާހަކަދެކެވޭގޮތްވުމުން ކޯމާގައި އޮތްއިރު އަޑުއިވޭކަމާއި ހިނގައިދިއަ ހުރިހާ ކަންކަމުގެ ވާހަކަތައް ކިޔައިދިނީމެވެ. 

މިއީ ކޯމާގައި 8 އަހަރު އަހަރެން ކުރި ތަޖުރިބާއެވެ. އަހަރެން ހޭއެރިކަމުގެ ވާހަކަ ޑޮކްޓަރުންނާއި ޙަވާލާދީ ނޫސްތަކުގައި ލިޔުނެވެ. އަހަރެންނަކީ ޢޖައިބެއްފަދަ ގޮތަކުން ދެވަނަ ފަހަރަށް ދިރުން ލިބުނު އަންހެނެއްކަމަށްވެސް ލިޔުނެވެ. އެކަންވީ ލެއްވެވި ވަރަށް ބޮޑު ރަޙްމަތަކަށެވެ. އެއީ އެވާހަކަ ކިޔާފައި ވަރަށް ރީތި ތަނަވަސް ޒުވާނަކު އައިސް އަހަރެންގެ ކައިވެންޏަށް އެދުނީތީއެވެ. 

ކައިވެންޏަށްފަހު ބައްޕަ ލައްވައި އެއްވެސް މަސައްކަތެއް ނުކުރުވަމެވެ. އަޅުކަންކުރަންބެހެއްޓީއެވެ. 

ފިރިމީހާވީ ވަރަށް ރަނގަޅު މީހަކަށެވެ. ފުރަތަމަވެސް އަހަރެމެން ދެބަފައިން ގޮވައިގެން ދިއައީ ޢުމުރާއަށެވެ. ދެން މިބުނަނީ އަހަރެންނަށް ދެވަނަ ހަޔާތް ލިބުނުކަމަށް އަހަރެން ޤަބޫލުކުރާ ސަބަބެވެ. އެއީ އަހަރެންކުރި ދުޢާއެވެ. އެންމެ ހިނދުކޮޅަކަށްވެސް ﷲ ގެ ޙަޟްރަތުން އުންމީދު ކަނޑައެއް ނުލަމެވެ. އޮތީ ހިތުން ޛކުރުކުރުމާއި ދުޢާކުރުންމަތީގައެވެ. 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެވެ. ވަރަށް އަސަރުގަދަ ޢިބްރަތްތެރި ވާހަކައަކަށްވާތީ މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާކޮށްލީއެވެ. ފައިދާކުރާނެ ކަމުގެ އުންމީދުގައެވެ. 

- ނަޒީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން