މަޝްވަރާ ނުކޮށް ނެގި ކޮމިޓީގެ ބަދަލުގައި، ސިޓީ ކައުންސިލުން އާ ހައުސިން ކޮމިޓީއެއް އެކުލަވާލައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 13ސ
މަޝްވަރާ ނުކޮށް ނެގި ކޮމިޓީގެ ބަދަލުގައި، ސިޓީ ކައުންސިލުން އާ ހައުސިން ކޮމިޓީއެއް އެކުލަވާލައިފި

ބިންވެރިޔާ އާއި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ކޮމިޓީގެ މުހިއްމު ނިންމުންތަކުގައި ސިޓީ ކައުންސިލްގެ ބައިވެރިވުން ބޭއްވުން މުހިއްމު ކަމަށް ބުނެ، އެ ކައުންސިލްގެ ފަސް މެމްބަރަކު ހިމަނައިގެން ކޮމިޓީއެއް އެކުލަވައިލީ ކައުންސިލަށް އެއްވެސް އެނގުމެއް ނެތި ސަރުކާރުން އަމިއްލަ އަށް ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައި ވަނިކޮށް، އެ ކޮމިޓީގެ ބަދަލުގައި ސިޓީ ކައުންސިލުން މިއަދު އާ ހައުސިން ކޮމިޓީއެއް އެކުލަވާލައިފިއެވެ.

މި ކޮމިޓީ އެކުލަވާލާފައި ވަނީ މޭޔަރު އާދަމް އާޒިމްއެވެ. މި ކޮމިޓީގައި ހިމެނެނީ ކައުންސިލްގެ ހަތަރު މެމްބަރުންނާއި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއެވެ.

އެ މެމްބަރުންނަކީ:

އަހުމަދު ޒަމީރު

މަރިޔާމް ނާޒިމާ މުހައްމަދު ފާއިޒު

އާއިޝަތު ނިޒްލީ ރަޝީދު

މުހައްމަދު އަރީޝް

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވަނީ މި ކޮމިޓީ މިއަދު މިނިސްޓްރީ އަށް ފޮނުވާނެ ކަމުގައެވެ.

މާލޭ ސިޓީ ކައުންސިލްގެ ހައުސިން ކޮމިޓީ ހައުސިން މިނިސްޓްރީ އެކުލަވާލީ، މާލޭން ގޯއްޗާއި ފްލެޓު ދޫކުރާ މީހުން ކަނޑައެޅުމުގައި ސިޓީ ކައުންސިލްގެ ބައިވެރިވުން އޮންނަން ފެންނަ ކަމަށް ސިޓީ ކައުންސިލުން ދާދި ފަހުން ފާސްކޮށް، ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވުމައި ގުޅިގެންނެވެ.

އެހެންނަމަވެސް މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވަނީ އެ ކޮމިޓީ އެކުލަވާލީ ސިޓީ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި ކަމުގައެވެ.

މާލެ ސިޓީގެ ފަސް ކައުންސިލަތުން ހިމެނޭ ގޮތަށް ފުރަތަމަ އުފެއްދި މި ކޮމިޓީ އުފެއްދީ މިނިސްޓަރު ޑރ. އަލީ ހައިދަރު ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.

އެ ކޮމެޓީގައި ހިމެނުނު 5 ކައުންސިލަރުންނަކީ؛

- މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒް

- އާއިޝަތު ނިޒްލީ ރަޝީދު

- އަހްމަދު އައިފާން

- ހަސަން ނިޒާމް

- މުހައްމަދު އަރީޝް

މި ކޮމިޓީ އުފެއްދުމަށްފަހު ހައުސިން މިނިސްޓްރީން ބުނެފައިވަނީ، މި ކޮމެޓީގެ ފުރަތަމަ ބައްދަލްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ މިއަދުއެވެ. މިކޮމިޓީގެ ސެކްޓްރިއޭޓްވެސް ބަލަހައްޓާނީ ވުޒާރާ އިންނެވެ.

"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްއާއި ގުޅިގެން ހުށަހާޅާ މައްސަލަތަކާއި އަދި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން މިނިސްޓްރީން ވަނީ "ހައުސިން ކޮމިޓީ" އުފައްދަފައެވެ. އެ ކޮމިޓީގައި ހިމެނޭ ފަސް މެންބަރުންނެވެ. އެ މެމްބަރުންނަކީ:

 އަނީސާ އަހްމަދު

 އާމިނަތު އީނާސް

 އަހްމަދު އަލީ މަނިކު

 އަބްދުލްއަޒީޒް ޔޫސުފް

 މަރިޔަމް ފިޒާނާ ރަޝީދު

 

މިއަދު އޮންލައިން