އައްޑޫ ސިޓީ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯއަކަށް ޑރ. އިބްރާހިމް ޔާސިރު އައްޔަނުކުރައްވައިފިއެވެ.
މި މަޤާމަށް ޑރ. ޔާސިރު އައްޔަންކުރެއްވީ މިމަހުގެ 4 ވަނަ ދުވަހުއެވެ.
މީގެކުރިން ޑރ. ޔާސިރު ވަނީ އެތެރެހަށީގެ ބަލިތަކާ ގުޅޭ ކޮންސަލްޓަންޓެއްގެ ގޮތުގައި ޤައުމީ ދިފާޢީ ބާރުގެ ސެނެހިޔާއާއި މެޑިކާ ހޮސްޕިޓަލްގައި މަސައްކަތްކުރައްވާފައެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯކަން މީގެ ކުރިން އަދާކުރައްވާފައިވަނީ ޑރ. މުޙައްމަދު ޞާލިހެވެ.