އަލަނާސި: އިސްތަށިގަނޑު ފޭބުން ހުއްޓުވައި, ލޮލުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
އަލަނާސި: އިސްތަށިގަނޑު ފޭބުން ހުއްޓުވައި, ލޮލުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ!

އަލަނާސިގައި އޭސްޓްރިންޖެންޓް ޕްރޮޕަޓީސް އެކުލެވިގެންވެއެވެ. މީގެ ސަބަބުން އިސްތަށިގަނޑު ފޭބުން ހުއްޓުވައި، އިސްތަށިގަނޑު ވަރުގަދަކޮށްދެއެވެ.

ލޮލުގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. އަދި މިއީ ޓިޝޫތައް ވަރުގަދަކޮށް، ގައިގެ ހަންގަނޑު ދޫވުމުން ދުރުކޮށް ހަންގަނޑު ވާންކޮށް، ޓޯންކޮށްލަދިނުމުގައި ރޯލެއް އަދާ ކުރާ ބާވަތެކެވެ. ގައިގެ މަސްތައް ބަލިކަށިވެ މުސްކުޅިވުމުން ދުރުކޮށްލަދިނުމުގައި އަލަނާސީގެ ދައުރެއް އޮންނަކަން އެނގޭނަމަ އަލަނާސި ކެއުމަށް ގިނަމީހުން ލޯބިކުރާނެކަން ޔަގީނެވެ. އެކަމަކު މިއީ އެއްފަހަރާ އަލަނާސި ކިލޯތަކެއް ކާލައިގެން ލިބޭ ފައިދާ ތަކެއް ނޫނެވެ.

އެއްވެސް އެއްޗެއްގެ ފައިދާ އެއްފަހަރުން ނުފެންނާނެކަން ވެސް ގަބޫލު ކުރަން ވާނެއެވެ.

ތަފާތު ސިއްހީ ފައިދާތަކެއް އެކުލެވޭ އަލަނާސިއަކީ ބޭސްވެރިކަމަށް ބޭނުންވާ ކަންތައްތަކުގެ އިތުރުން ކެއްކުންތަކުގައި ސަޓަނި ހެދުމުގައި، އަދި ފޮނިކާތަކެތި ތައްޔާރުކުރުމުގައާއި ބުއިންތައް ތައްޔާރުކުރުމަށް ވެސް ބޭނުންކުރާ ދުނިޔޭގެ އެންމެ ގިނަ މީހުންނަށް އާންމުގޮތެއްގައި ކަމުދާ އެއް މޭވާއެވެ.

ސަބަބަކަށް ވަނީ ފަސޭހައިން ލިބޭތީކަމަށްވެސް ގިނަމީހުން ބުނެފައިވެއެވެ. އެހެންނަމަވެސް މީގެ ފައިދާ އެނގިގެން ބޭނުންކުރަނީ ހަމަ ވަރަށް މަދު ބައެކެވެ.

އަލަނާސިގައި ހިމެނޭ ނިއުޓްރިއެންޓްސްތަކަށް ބަލާލާއިރު:

ޕްރޮޓީން،، ކާބޯހައިޑްރޭޓް، ފައިބަރ،، ވިޓަމިން އޭ، ސީ، ބީ1، ބީ5، ބީ6، ފޯލޭޓް، ޕޮޓޭސިއަމް، ކޮޕަރ، މެންގަނީޒް، ކެލްސިއަމް، ސޯޑިއަމް، މެގްނީޒިއަމް، އަދި ބްރޯމެލޭން މަދެއް ނޫންތާއެވެ! މިހުރިހާ ނިއުޓްރިއެންޓްސް ރަނގަޅު މިންވަރަކަށް އެކުލެވިގެންވާއިރު މިއީ ހައްތާވެސް ސިއްހަތަށް ފައިދާހުރި މާއްދާތަކެވެ. ގިނަ ވައްތަރުތައް ހޯދައިގެން މި މާއްދާތައް ލިބިގަތުމުގެ ބަދަލުގައި އެކައްޗަކުން ހުރިހާ ފައިދާ ލިބުން މާމޮޅުނޫންހެއްޔެވެ!

 

މިއަދު އޮންލައިން