ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ސަރުކާރުން ނިންމައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 56ސ
ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ސަރުކާރުން ނިންމައިފި

މާލެ ސަރަހައްދަށް އަމާޒުކޮށް ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން، ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ގިރާވަރުފަޅަށް ތައްޔާރުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވީ، އެ ފަރާތުން ބާއްވާ ބައްދަލުވުމެއް، އަންނަ ހަފްތާ ބުދަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާކަމާއި، މި ބައްދަލުވުން ބާއްވާ ތަނާއި ގަޑި ފަހުން އިއުލާން ކުރާނެ ކަމަށެވެ.

އެހެންކަމުން ބިން ވެރިޔާ ސްކީމް ގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވުމަށް ވަނީ ދައުވަތު ދީފައެވެ.

އަދި މި ބައްދަލު ވުމުގައި ބައިވެރިވާ ފަރާތްތަކުން އަދި ހިޔާލު ހުށަހަޅަން ބޭނުންވާ ގިރާވަރު ފަޅުން ގޯތި ލިބި ފައިވާ ފަރާތްތަކަށް އެ ފުރުސަތު މި ލިންކު https://forms.gle މެދުވެރިކޮށް އޮންނާނެއެވެ.

ގިރާވަރުފަޅަށް ތައްޔާރުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭން (ޑްރާފްޓް) ވަނީ އެ ވުޒާރާއިން އާއްމުކޮށްފައެވެ.

 

މިއަދު އޮންލައިން