ކާށިދޫ ގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި 3 ދޯންޏެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 27ސ
ކާށިދޫ ގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި 3 ދޯންޏެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ކ. ކާށިދޫ ގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި 3 ދޯންޏެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

މިހާދިސާ ހިންގާފައިވަނީ ރޭ ދަންވަރު 12:30 ހާއިރު އެރަށު އުތުރު އަވަށު ހިއްކި ސަރަހައްދުގައި ހުރި ދޯނި ހަރުގެއެއްގައެވެ.

މިކަމާބޭހޭގޮތުން ކާށިދޫ ކައުންސިލުން ބުނެފައިވަނީ އޭގެ މިހާދިސާގައި އަދައިގެންދިޔަ ދޯނިތަކުގެ ތެރެއިން ތެރެއިން ބޮޑު 2 ދޯންޏަކީ ބާވެ ހަލާކުވެފައިވާ ދޯނިތަކެއްކަމަށާއި، ކުޑަ ދޯނި ނުވަތަ ބޮއްކުރާއޮތީ ބޭނުންކުރެވޭ ހާލަތުގައި ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

 

މިއަދު އޮންލައިން