އެއަރ އެމްބިއުލާންސްގެ ސީޕްލޭން ގައި ފުރަތަމަ ފަހަރަށް ބަލި މީހަކު މާލެ ގެނެސްފިއެވެ.
މިކަމާގުޅިގެން މޯލްޑިވިއަނުން ބުނީ ސީޕްލޭން އެއަރ އެމްބިއުލާންސްގައި މިއަދު މާލެ ގެނެސްފައިވަނީ ކުޑަހުވަދޫން ގެނައި ބަލި މީހެއްކަމަށެވެ.
މި މަހުގެ 15 ވަނަ ދުވަހު އެއަރ އެމްބިއުލާންސްގެ ޚިދުމަތުގައި ސީޕްލޭން ރަސްމީކޮށް ތައާރަފްކޮށްފައި ވަނީ މެޑިކަލް އިވެކުއޭޝަންތަކަށް ތައްޔާރުކޮށް ޤާއިމުކުރަންޖެހޭ ޒަމާނީ ހުރިހާ ވަޞީލަތްތައް ޤާއިމުކޮށްފައެވެ.