ޑޮލަރު ރޭޓް ހަމައަކަށް އެޅެން ފަށައިފި: ސަޢީދު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
ޑޮލަރު ރޭޓް ހަމައަކަށް އެޅެން ފަށައިފި: ސަޢީދު

ޑޮލަރު ރޭޓު ހަމައަކަށް އެޅެން ފަށާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަޢީދު މިހެންވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ސަޢީދު ވިދާޅުވީ، އައު ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖެއޮތް އިޤްތިޞާދީ ނުރައްކާތެރި ޙާލަތު މިހާރު ބަދަލުވަމުންދާކަމަށެވެ.

ރަމަޟާންމަހާއި، ޢުމްރާގެ އަޅުކަމާއި، އިމްޕޯޓަށް އައި އިތުރުވުމާއެކުވެސް ޑޮލަރު ރޭޓް ހަމައަކަށް އެޅެން ފަށާފައިވާކަން ފާހަގަކުރައްވާ، ސައީދު ވިދާޅުވީ މިކަމުގައި އެންމެ ބޮޑު ބާރަކަށްވީ ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅާއެކު ސީދާ އެމަނިކުފާނު އެޅުއްވި ހަރުދަނާ ފިޔަވަޅުތައްކަމަށެވެ.

ކުރިއަށްއޮތްތާނގައި އިތުރު ފިޔަވަޅުތަކާއެކު މި ރޭޓު މިއަށްވުރެއްވެސް ދަށްވާނެކަމަށް އަންދާޒާކުރެވޭކަމަށް ވެސް ސަޢީދު ވަނީ ވިދާޅުވެފައެވެ.

 

މިއަދު އޮންލައިން