ކޮށާރުން: މަހަކު އެންމެ 2 ތަށި ބޯލުމުން ލިވަރގަ ޖަހާފަހުންނަ ސަރުބީތައް ވިރުވާލައި ދުޅަހެޔޮކަން ގެނެސްދޭ ޖޫހެއް!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކޮށާރުން: މަހަކު އެންމެ 2 ތަށި ބޯލުމުން ލިވަރގަ ޖަހާފަހުންނަ ސަރުބީތައް ވިރުވާލައި ދުޅަހެޔޮކަން ގެނެސްދޭ ޖޫހެއް!

ރަމަޟާން މަހަކީ ޢާންމު ގޮތެއްގައި ގިނައިން ފޮނިކާއެއްޗެތި ކެވުން އިތުރުވާ މަހެކެވެ. އެކަމުގެ ސަބަބުން ލިވަރުގައި ޖަހާ ސަރިބީތައްވެސް އިތުރުވެގެންދާނެއެވެ. 

ލިވަރުގެ ބަލިތައް މިވަނީ ގިނަވެފައެވެ. އެއްސަބަބަކީ ސަރުބީ ގިނަ އަދި ފޮނި ތަކެތި ބޭނުންކުރެވުމެވެ. ދެވަނަ ސަބަބަކީ ބަނގުރާ ބޮވުމެވެ. މި ދެ ސަބަބަކީވެސް ލިވަރގައި ސަރުބީ ޖަހައި ލިވަރ ފަލަކޮށްލާ ސަބަބެކެވެ. ނަތީޖާއެއްގެ ގޮތުން މީހާ ފަސޭހައިން ވަރުބަލިވާންވެސް ފަށައެވެ. 

ލިވަރ ކެންސަރަކީވެސް މިހާރު ވަރަށް ގިނަ މީހުންނަށް ކުރިމަތިވަމުން އަންނަ އެންމެ ނުރައްކާތެރިކަން ބޮޑު އެއް ބައްޔެވެ. ވީމާ ލިވަރއިން ސަރުބީ ވިރުވައި ދުޅަހެޔޮކޮށް ބޭއްވުމަށް ދޭންޖެހޭ ސަމާލުކަން މިވަނީ އިތުރުކުރަން ޖެހިފައެވެ. 

ބޭނުންވާ ތަކެތި: 

1 ބީޓްރޫޓް

1 ކެރެޓް

1 ލުބޯ

300 އެމްއެލް ފެން

މާމުއިފޮދެއް 

ތައްޔާރުކުރާނެ ގޮތް: 

ކެރެޓާއި ބީޓްރޫޓް ރީތިކޮށް ދޮވެލުމަށްފަހު ކޮށާލާފައި ފެނާއިއެކު މިކްސަރަކުން ގިރައިލާށެވެ. ތަށްޓަކަށް އެޅުމަށްފަހު އެއިގެ ތެރެއަށް ލުނބޮއެއްގެ ހުތްފެލައި ސަމުސަލަކުން ރަނގަޅަށް އެއްކޮށްލާށެވެ. ފޮނިކުރަން ހަކުރު ނާޅާށެވެ. ބޭނުންނަމަ މާމުއިފޮދެއް އަޅައި އެއްކޮށްލާށެވެ. 

ކޮންމެ 15 ދުވަހަކުން ތަށްޓެއް ބުއިނަމަވެސް ފުދޭނެއެވެ. ރަނގަޅީ ހެނދުނު ސައިބުއިމުގެ ބައިގަޑިއިރު ކުރިން ބުއިމެވެ. 

- ފަޒީގެ ތަޖުރިބާއިން

މިއަދު އޮންލައިން