ރަސްމާލެ މަޝްރޫޢު ގައި މިހާރު ކުރިއަށް ދަނީ ބަންޑު ވޯލް އެޅުމުގެ މަސައްކަތް: ވަޒީރު މުއްޠަލިބު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
ރަސްމާލެ މަޝްރޫޢު ގައި މިހާރު ކުރިއަށް ދަނީ ބަންޑު ވޯލް އެޅުމުގެ މަސައްކަތް: ވަޒީރު މުއްޠަލިބު

ރަސްމާލެ މަޝްރޫޢު ގައި މިހާރު ކުރިއަށް ދަނީ ބަންޑު ވޯލް އެޅުމުގެ މަސައްކަތް ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ މިވަގުތު ސީދާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ނުދިޔަ ނަމަވެސް، ރަސްމާލެ މަޝްރޫޢުގެ މަސައްކަތްތައް އޮތީ ހުއްޓިފައި ނޫން ކަމަށެވެ. އެގޮތުން މިމަސައްކަތުގެ ތެރެއިން ބަންޑު ވޯލް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި މަސައްކަތް ހަވާލުކުރި ކޮންޓްރެކްޓަރވަނީ ބޮސްކާލިސްއާއެކު އެއްބަސްވުމެއް ގާއިމްކޮށްފައިކަމަށެވެ.

ރަސްމާލެ މަޝްރޫޢަކީ ބަޖެޓުން އުނިކޮށްފައިވާ މަޝްރޫޢަކަށްވާތީ، އެއީ ސަރުކާރުން އެވުޒާރާގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫޢެއް ނޫންކަމަށާއި މިމަޝްރޫޢަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ އާއި ކޮންޓްރެކްޓަރަކާ ދެމެދު ސޮއިކޮށްގެން ކުރިއަށްގެންދާ މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން