ދިވެހިން ތަމްރީންކުރުން ހިމޭގޮތަށް ބްރިޖްގެ މެއިންޓަނަންސް މަސައްކަތަށް 3 އަހަރު މުއްދަތަށް ޗައިނާގެ ކުންފުންޏާ ހަވާލުކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 19ސ
ދިވެހިން ތަމްރީންކުރުން ހިމޭގޮތަށް ބްރިޖްގެ މެއިންޓަނަންސް މަސައްކަތަށް 3 އަހަރު މުއްދަތަށް ޗައިނާގެ ކުންފުންޏާ ހަވާލުކޮށްފި

ދިވެހިން ތަމްރީންކުރުން ހިމޭގޮތަށް ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތަށް 3 އަހަރު މުއްދަތަށް އެޕްރޮޖެކްޓް ކުރިއަށްގެންދިޔަ ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކޮމްޕެނީ އާއި ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ހަފްލާއެއްގައި މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޒިންއެވެ.

މިހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުއްޠަލިބް ވިދާޅުވީ އެންމެ އިސްކަމެއް ދެއްވާނީ، މި މަސައްކަތް ދިވެހިން އަމިއްލައަށް ކުރެވޭނެގޮތަށް މިދާއިރާއިން ފަންނީ މީހުން ތަމްރީންކުރުމަށްކަމަށެވެ. މިތަމްރީންތައް ދޭ މީހުން ވެގެންދާނީ މިފަދަ ބޮޑެތި އިންފްރާސްޓްރަކްޗަރތައް ބެލެހެއްޓޭ ފެންވަރަށް ތަމްރީންކުރާ މީހުންނަށްކަމަށް މުއްޠަލިބް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ސިނަމާލެ ބްރިޖްގެ އިތުރުން އިތުރު ބްރިޖްތައް އެޅުމުގެ މަސައްކަތްތައް ރާއްޖޭގައި ކުރަމުންދާތީ، މިއީ ކޮންމެހެން ފަންނީ މީހުން އިތުރުކުރަންޖެހޭ ދާއިރާއަކަށްވެފައިވާކަމަށެވެ.

ޗައިނާ ސަފީރު ވަންގ ލިޒިން ވިދާޅުވީ "ބްރިޖް އެއްބަސްވުމުގެ ދަށުން ރާއްޖެއަށް މިކަމުގައި ބޭނުންވާ މުހިންމު ހުރިހާ ފަންނީ އެހީއެއް ލިބޭނެ. އަދި ކުރިމަގުގައިވެސް މި ދާއިރާއިން އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދޭނަން." ކަމަށެވެ.

 

މިއަދު އޮންލައިން