ރާނބާ ފަތުގެ ސިއްހީ ފައިދާތައް އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ރާނބާ ފަތުގެ ސިއްހީ ފައިދާތައް އެނގޭތަ؟

ސްކްރޫ ޕައިން ނުވަތަ ޕާމް ޕައިން" ގެ ނަމުން ވެސް މަޝްހޫރު "ޕެންޑަން"، އާދެ ރާނބާ ގަސް ހެދިބޮޑުވަނީ ދަނޑުވެރިކަމުގެ މާ ބޮޑު މަސައްކަތެއް ކުރުމަކާ ނުލަ އެވެ. މިއީ ކާތަކެއްޗަށް މީރުރަހައެއް ގެނެސްދޭ ފަތެއްކަން ޔަގީނެވެ. އެކަމަކު އޭގެ ސިއްހީ ފައިދާ އެނގިގެން ބޭނުން ކުރާ މީހުން މަދުކަން ފާހަގަކުރެވެއެވެ.

"ރާނބާ" ފަތަކީ ގަދީމީ ޒަމާނުއްސުރެ ބޭސްވެރިކަމުގެ ބޮޑު ދައުރެއް އަދާ ކުރަމުން އައި ފަތެކެވެ. ސަބަބަކީ މީގައި ފްލެވޮނޮއިޑްސް، ޓެނިން، ޕޮލިފެނޮލްސް، އަލްކަލޮއިޑްސް، ސެޕޮނިންސް އަދި އެހެނިހެން މާއްދާތައް އެކުލެވިގެންވާތީއެވެ. ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދ ލޭގެ ޕްރެޝަރ މަތިވުން ނުވަތަ ހައިޕަޓެންޝަން އަކީ ލޭގެ ޕްރެޝަރު އާދަޔާ ހިލާފަށް 110-120 / 90 އެމްއެމްއެޗްޖީ އަށް ވުރެ މައްޗަށް ދާ ހާލަތެކެވެ. މިއީ ސްޓްރެސް، އޮބެސިޓީ، ކާނާ، އުމުރު އަދި ދިރިއުޅުމުގެ ވައްޓަފާޅި ފަދަ އެތައް ކަމެއްގެ ސަބަބުން ދިމާވާ ކަމެކެވެ.

އެކި ދިރާސާތަކުން ދައްކާ ގޮތުގައި ޕެންޑަން ޓީ ނުވަތަ ރާނބާސަޔަކީ އަކީ ލޭގެ ޕްރެޝަރު މަތިވުން ދަށްކޮށްދޭ އެއްޗެކެވެ. މި ފަރުވާއަށް ޓަކައި 3 ގްރާމް ރާނބާ ފަތް، 2-3 ޖޯޑު ފެނަށް އަޅައި، ފެނުގެ ދެބައިކުޅަ އެއްބަޔަށް ހިނދެން ދެން މަތިޖަހާފައި ބަހައްޓާށެވެ. އިތުރު އެއްވެސް އެއްޗެއް އެކު ނުކޮށް، ފުރިޖުގައި ބަހައްޓައި ފިނިކޮށްގެން، ދުވާލަކު ދެފަހަރު ބުއިމުން މީގެ ފައިދާ ބޮޑުތަނުން ފެންނާނެއެވެ.

ރާނބާ ފަތްތަކުގައި ހިމެނޭ ލެކްސެޓިވް ޕްރޮޕަޓީތަކުގެ ސަބަބުން ބުރަކަށީގައި ރިއްސުމާއި އާތުރައިޓިސް އާއި ބޮލުގައި ރިއްސުމާއި ކަންފަތުގައި ރިއްސުމުން ރިހުން ފިލުވައިދެ އެވެ. މީގެ އިތުރުން ރާނބާފަތަކީ ބަނޑުގައި ރިއްސުން ކުޑަކޮށްދީ، ވިހެއުމަށްފަހު އަންހެނުންގެ "ފާރު" ހިއްކައި އެތެރެހަށި ހަމައަކަށް އެޅުވުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ހަމުގެ މައްސަލަތަކަށްވެސް ރާނބާ ފަތްތަކުގެ ބޭނުން ބޮޑެވެ. ރާނބާފަތުގައި އެކުލެވިގެންވާ "ޓެނިކް އެސިޑް"އިރުގެ އަލިން ހަންގަނޑު ރައްކާތެރިކޮށްދެއެވެ. އަނދާފައި ހުންނަ ހަމަށް ފިނިކޮށްދޭ ވަރަށް އަވަހަށް ސަންބާންތައް ރަނގަޅުކޮށް، ހަންގަނޑު ރީތިކޮށްދޭނެއެވެ. އާންމުގޮތެއްގައި ނާރުތައް ބަލިކަށިވަނީ ހަށިގަނޑުގެ ވަކި ހިސާބަކަށް ނާރުގެ ސްޓިމިއުލޭޝަން މަދުވުމުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން ބައެއް ފަހަރު އުދަނގޫތައް ކުރިމަތިވެދާނެއެވެ. ނާރުކުރުވުން، އަކުނިވަޔަށް ދެމުން ފަދަ މައްސަލަ މީހުންނަށް ލުޔެއް ހޯދައިދިނުމަށް ޓަކައި ދުވާލަކު ދެފަހަރު ޕެންޑަން ޓީ ބުއިމުގެ އިހުސާސް ކުރެވެމުންދާ މީހުންނަށެވެ.

ރާނބ ފަތްތަކުގައި ހިމެނޭ އެންޓިބެކްޓީރިއަލް މާއްދާތައް، އެސްޗެރިޗިއާ ކޯލީ އާއި ބެސިލަސް ސެރިއަސް ފަދަ ބެކްޓީރިއާގެ ސަބަބުން ޖެހޭ ބަލިތަކާ ދެކޮޅަށް ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރެއެވެ. ބެސިލަސް ސެރިއަސްގެ ސަބަބުން ބޮލުގައި ރިއްސުމާއި، ބަނޑުގައި ރިއްސުމާއި، ފަލަވުން ފަދަ ކަންކަން ދިމާވާއިރު، އެސްޗެރިޗިއާ ކޯލީއަކީ ޑައިރިއާ، ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން އަދި ނިއުމޯނިއާ އަށް މަގުފަހިވާ އެއްޗެކެވެ. މިހުރިހާ ކަމަކުން ރައްކާތެރިވުމަށް ހަމަ އެންމެ ރަނގަޅު އެހީތެރިޔަކީ ރާނބާފަތް ކަން ގައިމެވެ.

މިއަދު އޮންލައިން