ބީޓްރޫޓު ޖޫސް: ލޭގެ ޕްރެޝަރު ދަށްކޮށްދޭ ބުއިމެއް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ބީޓްރޫޓު ޖޫސް: ލޭގެ ޕްރެޝަރު ދަށްކޮށްދޭ ބުއިމެއް!

ބީޓްރޫޓް ޖޫހަކީ ލޭގެ ޕްރެޝަރ ދަށްކޮށްދޭ ބުއިމެކެވެ. މިކަން ސާބިތުކޮށްދީފައި ވަނޫ  އޮސްޓްރޭލިއާގެ މެލްބޯންގައި ހުންނަ ބޭކަރ އައިޑީއައި ހާރޓް އެންޑް ޑައިބެޓީސް އިންސްޓިޓިއުޝަންގެ ޑޮކްޓަރުކުރި ދިރާސާއަކުންނެވެ. މި ދިރާސާއިން އެނގުނުގޮތުގައި ބީޓްރޫޓް ޖޫސް ބުއިމުން ލޭގެ ޕްރެޝަރު ހަތަރެއް ނުވަތަ ފަސް ޕޮއިންޓްވަރު އެވްރެޖްގޮތެއްގައި ދަށްވެއެވެ.

މިއީ ދާދި ކުޑަ މިންވަރެއްކަމުގައި ވިއަސް މީގެ ސަބަބުން ހާޓް އެޓޭކް ޖެހިގެން މަރުވާ މީހުންގެ އަދަދު ދިހައެއް އިން ސައްތަ ދަށްކުރެވިދާނެ ކަމަށް ދިރާސާ ކުރި ސިއްހީ މާހިރުން ބުނެއެވެ. 

މި ދިރާސާގައި ސިއްހަތު ރަނގަޅު ވިހި ފިރިހެނުންނާއި ވިހި އަންހެނުން ބައިވެރިވެފައިވެއެވެ. މި އެންމެން ވެސް 17.5 އައުންސްގެ ދިޔާ އެއްޗެއް ދިރާސާގައި ބޭނުންކުރިއިރު އޭގެ ހަތަރުބައިކުޅަ ތިން ބަޔަކީ ބީޓްރޫޓް ޖޫހެވެ. އަދި ބާކީ އެއް ބަޔަކީ އާފަލު ޖޫހެވެ. ލޭގެ ޕްރެޝަރު ދަށްވާންފެށީ ބީޓްރޫޓް ޖޫސް ބުއިމުގެ ހަ ގަޑިއިރު ފަހުންކަމުގައި ދިރާސާކުރި ފަރާތްތަކުން ބުނެއެވެ. އަދި ޕްރެޝަރު ބޮޑަށް ދަށްވެފައިވަނީ ބީޓްރޫޓް ޖޫސް ބޭނުންކުރި ފަރާތްތަކުގެ ތެރެއިން ފިރިހެނުންގެ ކަމުގައި ވެސް ދިރާސާގައިވެއެވެ. މިގޮތުން ފިރިހެނުންގެ ލޭގެ ޕްރެޝަރުވަނީ އެވްރެޖްކޮށް 4.7 ޕޮއިންޓް ދަށްވެފައެވެ.

ބީޓްރޫޓްގައި ހިތާ ރަށްޓެހި މާއްދާތައްކަމުގައިވާ ވިޓަމިން ސީ، ވިޓަމިން ކޭ، ފައިބަރ، ހިމެނޭކަމަށް ވިއަސް ސައިންސްވެރިން ބުނާގޮތުގައި ލޭގެ ޕްރެޝަރ ދަށްވުމުގެ އަސްލު ސަބަބަކީ ބީޓްރޫޓްގައި ހިމެނޭ ނައިޓްރޭޓްގެ މާއްދާއެވެ.

 

މިއަދު އޮންލައިން