ތިލަފުށިން ބިން ވިއްކުމަށް އެޗް.ޑީ.ސީއިން ހުޅުވާލައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 41ސ
ތިލަފުށިން ބިން ވިއްކުމަށް އެޗް.ޑީ.ސީއިން ހުޅުވާލައިފި

ތިލަފުށިން ބިން ވިއްކުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، (އެޗް.ޑީ.ސީ) އިން ހުޅުވާލައިފިއެވެ.

މިކަމާގުޅިގެން އެޗް.ޑީ.ސީ އިން ބުނެފައިވަނީ އޮންލައިންކޮށް އެޕްލައިކުރެވޭގޮތަށް ހުޅުވާލާފައިވާ ބިޑް ޕޯޓަލް (https://bids.hdc.mv/) ގައި ރަޖިސްޓްރީވެގެން ބިން ގަތުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލާފައިވާކަމަށެވެ.

108 ޕްލޮޓް ވިއްކުމަށް ހަމަޖެހިފައިވާިއރު ތިލަފުށިން ވިއްކާ ޕްލޮޓްތަކުގެ ސައިޒާއި ޢަދަދުތަކަކީ 4،999 އަކަފޫޓުގެ 64 ޕްލޮޓް އާއި 9،999 އަކަފޫޓުގެ 42 ޕްލޮޓް އަދި 14،999 އަކަފޫޓުގެ 2 ޕްލޮޓް އެވެ.

ޒަމާނީ ފެނަވަރަށް ތަރައްޤީކުރަމުން އަނަން ތިލަފުށްޓަކީ ވިޔަފާރިވެރިންނަށް ފަހި ފުރުޞަތުތަކެއް ގެނެސްދިނުމާއި މާލެ ސަރަޙައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތަރައްޤީކުރާ މައި މަރުކަޒެވެ.

 

މިއަދު އޮންލައިން