މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ރާއްޖެއާއި ތުރުކީން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި މިހާރު ކުރިއަށްދަނީ ރާއްޖެއާއި ތުރުކީއިން އެކަށައަޅާ ޚާއްސަ ބައެއް މުދާ އެކުލެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތްކަމަށެވެ.
މިކަމާގުޅޭ މަޝްވަރާތައް ކުރުމަށްޓަކާ ކަމާބެހޭ ފަރާތްތައް ހިމެނޭހެން ދެ ޤައުމުގެ ދެމެދު ކުރިއަށްދިޔަ ފުރަތަމަ ރައުންޑް ޓޭބަލް ބައްދަލުވުން އިއްޔެ ވަނީ ބާއްވާފައެވެ.