އަސްކޮއި ޓްރެވަލް ސަރވިސްގެ އޭޕްރިލް/މޭ ޢުމުރާ ދަތުރުގަ ޙަރަމްފުޅަށް އެންމެ 3 މިނިޓުން ދެވޭ ހޮޓަލެއްގައި ތިބުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެކަމަށް އެޖަމާޢަތުން ބުނެފިއެވެ.

"މިހާރުވެސް މިތިބީ ރަމަޟާންމަހުގެ ފުރަތަމަ ގްރޫޕާއެކު ޢުމުރާގަ. ދެވަނަ ގްރޫޕް 2 ދުވަހެއްގެ ތެރޭގައި މައްކާއަށް އަންނާނެ. ދެން ދަންނަވާލަން ބޭނުންވަނީ މިހާރުވެސް މިތިބެނީ ޙަރަމްފުޅާ ވަރަށް ގާތުގައޭ. އެންމެ 6 މިނިޓުން ދެވޭ ހިސާބު ގާތުގައޭ. އެކަމަކުވެސް އަނެއްކާވެސް އިތުރަށް ގާތްވެލީއޭ. އެޕްރިލް/މޭ ޢުމްރާ ދަތުރުގައި ތިބޭނީ މެރިޑިއަން ހޮޓަލާ ޖެހިގެންނޭ. އެއިރުން ފަސޭހަކަމާއެކު އެންމެ 3 މިނިޓުން ޙަރަމްފުޅަށް ވަދެވޭނެއޭ."

އަސްކޮއި ޓްރެވަލް ސަރވިސް ޖަމާޢަތުން ބުނީ އެޖަމާޢަތުގެ އެންމެ ބޮޑު ބޭނުމަކީ ޢުމުރާވެރިންނަށް ވީހައި ފެންވަރު ރަނގަޅުކޮށް ޚިދުމަތްކުރުން ކަމަށެވެ. "ޙަރްމަފުޅާ މިހާ ގާތުން ހޮޓާތައް މިހިފަނީ ވަރަށް ބޮޑު ޚަރަދުކޮށްގެން. އަޅުގަނޑުމެން ބޭނުންވަނީ ވީހާ ފުރިހަމައަކަށް ޚިދުމަތްދޭން މަސައްކަތްކުރަން. އިން ޝާ ﷲ"

އަސްކޮއި ޓްރެވަލް ސަރވިސް ޖަމާޢަތުން ބުނީ ޖުލައި މަހާއި ޑިސެމްބަރު މަހުގެ ޢުމްރާ ދަތުރުތަކަށް ކުރިއާލައި ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް ޚާއްޞަ އަގުތަކެއްވެސް ލިބިލައްވާނެ ކަމަށެވެ.
އިތުރު މަޢުލޫމާތު: 7718064 (މިވަޤުތު މައްކާގަ ހުންނެވުމުން ސޯޝަލްމީޑިއާގެ ވަސީލަތްތަކުން ގުޅުއްވަން ފަސޭހަވާނެ!)