ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓިޔަންޔިން އިންކް، (ސީއެންޓީވައި) އާ އެކު ތިމާވެށި ހިމާޔަތް ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމެވެ. ޗައިނާ ޓިޔަންގޔިންގ އިންކް،(ސީއެންޓީވައި) ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ރައީސް ކާއޮ ޑެބިއާއޮ އެވެ.
މިރަސްމިއްުުޔާތުގައި ވާހަކަދައްކަވަމުން ޠާރިޤް ވިދާޅުވީ މި ފަހުމުނާމާގެ ދަށުން ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އިތުރަށް ހަރުދަނާކޮށް، ކުނި މެނޭޖުކުރުމުގެ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ލިބޭ ގެއްލުންތަކާ ގުޅިގެން ކުރެވެން ހުރި ކަންކަން ރޭވުމުގައި ސީއެންޓީވައިގެ ޓެކްނޮލޮޖީ ބޭނުންކުރެވިގެންދާނެ ކަމަށެވެ. އަދި އެ ކުންފުނިން ބޭނުން ކުރަނީ އެންމެ ފަހުގެ ޓެކްނޮލޮޖީކަން ފާހަގަކުރައްވައި އެ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފުކުރެވި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ކުރެވިގެންދާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ސީއެންޓީވައި އަކީ މިހާރުވެސް ރާއްޖޭގައި މިފަދަ މަޝްރޫޢުތަކެއް ހިންގަމުންދާ ކުންފުންޏެއް ކަމަށް ވަޒީރު ތޯރިގް ވިދާޅުވިއެވެ.
މިއެއްބަސްވުމުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާއި، ފެނާއި ނަރުދަމާ، ހަކަތަ އަދި ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން ލޯ ކާބަން އަބަން ޑިވެލޮމަންޓްގެ ދާއިރާތަކަށް މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.