އިޤްތިޞާދު ސިންދަފާތު ކުރުމުގެ ތަޞައްވުރާއެކު ރާއްޖޭގައި ބޭނުން ނުކުރެވިހުރި އެތައް ވަސީލަތްތަކެއް ވަނީ ފާހަގަކުރެވިފަ: ޝިޔާމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
އިޤްތިޞާދު ސިންދަފާތު ކުރުމުގެ ތަޞައްވުރާއެކު ރާއްޖޭގައި ބޭނުން ނުކުރެވިހުރި އެތައް ވަސީލަތްތަކެއް ވަނީ ފާހަގަކުރެވިފަ: ޝިޔާމް

އިޤްތިޞާދު ސިންދަފާތު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރާއެކު ރާއްޖޭގައި ބޭނުން ނުކުރެވިހުރި އެތައް ވަސީލަތްތަކެއް ފާހަގަކުރެވިފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލްތަތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް މިހެންވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، އިޤްތިޞާދު ސިންދަފާތު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރާއެކު ރާއްޖޭގައި ބޭނުން ނުކުރެވިހުރި އެތައް ވަސީލަތްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތުން، ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމުގެ ސަބަބުން ކަނޑުގެ ވަސީލަތްތައް ބޭނުންކުރެވޭ މިންވަރު އިތުރުކުރުމުގެ ފުރުޞަތު ފަހިވެފައިވާކަމަށެވެ.

ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރު ކުރުމަށް ސަރުކާރުން ވަނީ ދާދިފަހުން ޑްރޯންތައް ބޭނުންކުރަން ފަށައިފައެވެ. އަދި ދިވެހި ސިފައިންގެ ޚިދުމަތަށް އެއަރކޯގެ ޚިދުމަތް ވެސް މިހާރު ވަނީ ތަޢާރަފުކޮށްފައެވެ.

 

މިއަދު އޮންލައިން