400 ޔުނިޓްގެ ހައުސިން މަޝްރޫއުއެއް ހުޅުމާލޭގައި ފަށަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 30ސ
400 ޔުނިޓްގެ ހައުސިން މަޝްރޫއުއެއް ހުޅުމާލޭގައި ފަށަނީ!

400 ޔުނިޓްގެ ހައުސިން މަޝްރޫއުއެއް ހުޅުމާލޭގައި ފެށުމަށް ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި މާލީ ވުޒާރާއާއި ދެމެދު މަޝްވަރާކުރައްވައިފިއެވެ.

ސައުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓްގެ އެހީގެދަށުން ކުރިއަށްގެންދާ މި މަޝްރޫގެ ފައިނޭނެސް އެގްރިމަންޓުގައި މިހާރު ވަނީ ސޮއިކޮށްފައެވެ.

ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި 65000 އަށްވުރެ ގިނަ ބޯޙިޔާވަހިކަން ފަހިކޮށްދިނުމުގެ މަސައްކަތްތައް ސަރުކާރުން ވަނީ ފައްޓަވާފައެވެ. އެގޮތުން އެންމެ ބޮޑު މަސައްކަތަކީ މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ "ރަސްމާލެ" މަޝްރޫޢުއެވެ. 

މިއަދު އޮންލައިން