މިސްކިތްތައް ސާފުކޮށް ބަލަހައްޓާނެ ދިވެހިން ހޯދަނީ! 7000-15000ރ ގެ މުސާރަ ލިބޭ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
މިސްކިތްތައް ސާފުކޮށް ބަލަހައްޓާނެ ދިވެހިން ހޯދަނީ! 7000-15000ރ ގެ މުސާރަ ލިބޭ!

މާލެ އާއި ހުޅުމާލޭގެ މިސްކިތްތައް ފޮޅާ ސާފުކުރުމާއި މަރާމާތުކުރުމުގެ މަސައްކަތް ހިމެނޭހެން މިސްކިތްތައް ސާފުކޮށް ބަލަހައްޓާނެ ދިވެހިން ހޯދަން މާލޭ ސިޓީ ކައުންސިލުން އިޢުލާންކޮށްފިއެވެ. 

ސިޓީ ކައުންސިލުން އިޢުލާނުގައި ބުނެފައިވަނީ މާލެ އަދި ހުޅުމާލޭގެ މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމާއި ސުޕަވައިޒްކޮށް ބެލެހެއްޓުން އަދި މިސްކިތް މަރާމާތުކުރުމަށާއި މިސްކިތްތަކަށް ދިމާވާ އެކިކަހަލަ މައްސަލަތައް ޙައްލުކުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށެވެ. މީގެތެރޭގައި ރާނާ ސިމެންތިޖެހުން، ވެލްޑިން މަސައްކަތް، ވަޑާމުގެ މަސައްކަތް، ފެން އަދި ކަރަންޓު ވަޔަރުކުރުން އަދި ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ގުޅޭ 10 ވަޒީފާ ހިމެނެއެވެ. މިމަޤާމުތަކުގެ މުސާރައަކީ 15000 ރުފިޔާއެވެ.

ފޮޅާ ސާފުކުރުމުގެ މަސައްކަތަށް 110 މުވައްޒަފުން ނެގުމަށް ވަނީ އިޢުލާނުކޮށްފައެވެ. މަސައްކަތު މީހެއްގެ މުސާރައަކީ 12000 ރުފިޔާއެވެ. މީގެއިތުރުން މަރާމާތާ ގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަން އޮފިސަރ އަދި ސުޕަވައިޒަރުގެ މަޤާމާއެކު 13 ވަޒީފާ ހިމެނެއެވެ. މިމަޤާމުތަކުގެ މުސާރަ އުޅެނީ 7000-12000އާއި ދެމެދުގައެވެ. ޖުމްލަ 133 ވަޒީފާއަށް ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.

މިވަޒީފާތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހެވެ.

މިކަމަށް އެދޭ ފޯމު މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓާއި އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ.

 

މިއަދު އޮންލައިން