ހިކަނދިފަތް: އިސްތަށިގަނޑު ވަރުގަދަކޮށް، އިސްތަށިފޭބުން ހުއްޓުވުމަށް އެހީތެރިވެދޭ!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 13ސ
ހިކަނދިފަތް: އިސްތަށިގަނޑު ވަރުގަދަކޮށް، އިސްތަށިފޭބުން ހުއްޓުވުމަށް އެހީތެރިވެދޭ!

ހިކަނދިފަތަކީ "ރުޓޭސީ"(Rutaceae) އާއިލާއަށް ނިސްބަތްވާ ސައިންޓިފިކް ނަމުން "މަރޭއާ ކޯއެނިގީ" ނަމަކަށް ކިޔާކުދި ފަތްތަކެއް ހުންނަ ވަސްގަދަ ފަތެކެވެ.

ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ކާތަކެތީގެ ރަހަ ރަނގަޅު ކުރުމުގައި ހާއްސަ ދައުރެއް އޮންނަ ހިކަދިފަތް ބޭސްވެރިކަމުގައި ވެސް ބޭނުން ކުރެއެވެ. އަދި މިއީ ސިއްހީ އެތައް ގިނަގުނަ ފައިދާ ތަކެއް އެކުލެވިގެންވާ ފަތެއްވެސް މެއެވެ.

ހިކަދިފަތުގައި ވިޓަމިން ސީ، ވިޓަމިން ބީ، ޕްރޮޓީންސް އަދި އެންޓިއޮކްސިޑެންޓްސް އެކުލެވިގެންވެއެވެ. އަދި މި ހުރިހާ މާއްދާވެސް ސެލިއުލާ ރިޖެނެރޭޝަނަށް އެހީތެރިވެދީ، އިސްތަށިތަކުގެ ބުޑު ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް މަގުފަހިކޮށްދެއެވެ. މި މާއްދާތަކުގެ ސަބަބުން އިސްތަށިގަނޑު އުފެދުމާއި ބޮލުގެ ހަންގަނޑު އާކުރުމަށް މަގުފަހިކޮށްދެއެވެ. ބޮލުގެ އިސްތަށިގަނޑުރީތިކޮށް ވަރުގަދަ ކޮށްދެއެވެ.

އިސްތަށިގަނޑަށް ބޭނުންވާ ހިކަދިފަތަކީ އެކުލެވޭ އެމިނޯ އެސިޑުން މުއްސަނދި ބާވަތަކަށް ވާތީ މިއީ ވަރަށް ބޭނުންތެރި އެއްޗެކެވެ. މި ފަތްތަކުގައި ހިމެނޭ އެމިނޯ އެސިޑްތަކުގެ ސަބަބުން އިސްތަށިގަނޑުގެ ވަރުގަދަކަން ދަމަހައްޓައި، އިސްތަށިގަނޑަށް އަލިކަން ގެނެސްދެއެވެ.

ހިކަދިފަތުން އިސްތަށިގަނޑު ވަރުގަދަކޮށް، އިސްތަށިފޭބުން ހުއްޓުވުމަށް އެހީތެރިވެދޭއިރު މިއީ ނިއުޓްރިއެންޓްސް، ވިޓަމިންސް އަދި ޕްރޮޓީންސްގެ އިތުރުން ކެލްސިއަމް، ދަގަނޑު އަދި ފޮސްފަރަސް ފަދަ ނިއުޓްރިއެންޓްސް އިން ފުރިފައިވާ ކުޑަކުޑަ ފަތެކެވެ.

 

މިއަދު އޮންލައިން