އޯޓްސް އާއި އޯޓްމީލްގެ ސިއްހީ ގޮތުން ހުރި ފައިދާތައް!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 59ސ
އޯޓްސް އާއި އޯޓްމީލްގެ ސިއްހީ ގޮތުން ހުރި ފައިދާތައް!

ދިރާސާތަކުން ދައްކާ ގޮތުގައި އޯޓްސް އާއި އޯޓްމީލް އަކީ ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ކުރާ އެއްޗެކެވެ. 

އޭގެ ތެރޭގައި ބަރުދަން ލުއިކުރުމާއި ބަރުދަން ލުއި ކުރުމަށާއި ހަކުރު ވަކި ވަރެއްގައި ބެހެއްޓުމަށާއި ހާއްސަކޮށް ކޮލެސްޓްރޯލު ދަށްކުރުމަށް އޯޓްސް ވަރަށް ބޮޑު އެހީއެއް ވެދެއެވެ. 

އަދި ކެންސަރުގެ ބަލިތަކުން ދިފާއު ވުމަށާއި ގޮހޮރުގެ ބަލިތަކުން ދިފާއު ވުމަށްވެސް އޯޓްްސްއަކީ ވަރަށް ބޭނުންތެރި ބާވަތެކެވެ. ހަމައެހެންމެ ހިތުގެ ބަލިތަކުންވެސް ރައްކާތެރިކޮށްްދެއެެވެ.

އޯޓްސް އަކީ ދުނިޔޭގައިވާ އެންމެ ސިއްހަތު ރަނގަޅު ކާނާގެ ތެރެއިން ބާވަތެކެވެ. މިއީ ގްލޫޓަން ފްރީ ހޯލް ގްރެއިންއެކެވެ. އަދި މިއީ މުހިއްމު ވިޓަމިންސް، މިނަރަލްސް، ފައިބާ އަދި އެންޓިއޮކްސިޑެންޓްސް އެކުލެވިގެންވާ ބާވަތެކެވެ.

ހެހެނދުނުގެ ނާސްތާގައި ވެސް އޯޓްސް ހިމަނައިލެވިދާނެ އެވެ. މެންދުރުގެ ކެއުމަށް އަދި ހަމަ ރޭގަނޑުގެ ކެއުމަށް ވެސް އޯޓްސް ބޭނުން ކުރެވިދާނެއެވެ. އޯޓްސް އަކީ ކޮންމެ ވަގުތެއްގެ ކެއުމުގައިވެސް ހިމެނިދާނެ ބާވަތެކެވެ.

އެމީހަކަށް އެންމެ މީރު ގޮތަކަށް އޯޓްސް ތައްޔާރު ކޮށްގެން ބޭނުންކުރުމުގެ ފުރުސަތު އެބައޮތެވެ. 

ޑައެޓިޝަން އާސިޔާ ވިދާޅުވެފައި ވަނީ އޯޓްސް އަކީ އެމީހަކަށް އެންމެ މީރު ގޮތަކަށް އޯޓްސް ތައްޔާރު ކޮށްގެން ބޭނުންކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ސަބަބަކީ އޯޓްސް އަކީ "ހޯލްގްރެއިން"ގެ ބާވަތެއް ކަމަށްވާތީ ކޮންމެ ގޮތަކަށްވެސް ތައްޔާރުކޮށްގެން ބޭނުން ކުރެވޭނެތީއެވެ.

ކިރާއެކު މޭވާގެ ބާވަތްތަކާއި ތަރުކާރީއާއި ބަދަނުގެ ބާވަތްތައް އަދި އޮށުގެ ބާވަތްތައް ވެސް އަޅައިގެން އޯޓްސް ބޭނުން ކުރެވޭނެއެވެ. ހަމައެކަނި ފޮނިކޮށެއް ނޫނެވެ. ލޮނުކޮށް ވެސް އޯޓްސް ތައްޔާރު ކުރެވޭނެ އެވެ. 

އޯޓްސްގައި ކުޑަ ލޮނުމިރުސްކޮޅެއް ލައިގެން ކުޅިބަތްޕެނެއްވެސް ތައްޔާރު ކުރެވިދާނެ އެވެ. އޯޓްސް މުގުރާފައި އާދައިގެ ފުށް އަޅައިގެން ރޮށި ތައްޔާރުކުރެވޭނެއެވެ. ހަމައެހެންމެ ދިވެހިވަންތަ ގޮތަކަށް ހުނި ރޮށިވެސް އޯޓްސް އެއްކޮށްގެން ތައްޔާރު ކުރެވިދާނެ އެވެ.

މިއީ ކޮންމެ ގަޑިއެއްގައި ވެސް އޯޓްސް ބޭނުން ކުރެވިދާނެ އަދި ކޮންމެ ގޮތަކަށް ބޭނުން ކުރިއަސް އޯޓްސް އިން ލިބިދޭ ފައިދާ ލިބެން ޖެހޭ މިންވަރަށް ލިބިގެންދާނެ ގޮތްތަކެއްކަމަށް ޑައެޓީޝަން ޑރ އައިޝާވެސް ވިދާޅުވެފައިވެއެވެ..

 

މިއަދު އޮންލައިން