ރޯދަމަހު މާބަނޑު އަންހެނުން ކެއިންބުއިމުމުގައި ސަމާލުކަން ދޭންޖެހޭ ބައެއް ކަންތައްތައް!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 2މ 58ސ
ރޯދަމަހު މާބަނޑު އަންހެނުން ކެއިންބުއިމުމުގައި ސަމާލުކަން ދޭންޖެހޭ ބައެއް ކަންތައްތައް!

ރޯދައަށް ތިބުމަށް މާބަނޑު މީހުން ކެއުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ހާރުކެއުން ވަރަށް މުހިއްމެވެ. ބަނޑުގައިވާ ދަރިފުޅާއި ތިމާގެ އަމިއްލަ ނަފްސުަށާއިސިއްހަތަށްޓަކައެވެ. 

ރޯދަ ވީއްލުމަށްފަހު، ކެއުމުގެ ތެރޭގައި ތަރުކާރީ އާއި މޭވާ ފަދަ ފެން އެކުލެވޭ ކާނާ ކެއުން ވަރަށް މުހިންމެވެ. މިސާލަކަށް ކިއުކަމްބާ، ޓޮމާޓޯ، ކަރާ ފަދަ އެއްޗެހި ކެއުމަށް އިސްކަންދޭންވާނެއެވެ.  ކޮންމެ ދުވަހަކު މަދުވެގެން ދެ ތިން ފަހަރު ތާޒާ މޭވާ ކެއުމުގައި ހިމެނުމަކީ މުހުންމު ކަމެކެވެ.

ހާރުގެ ކުރިންނާއި ފަހުން ވެސް ދިޔާއެއްޗެއްސާއި ފެންއެކުލެވޭ ކާނާ ކެއުމަކީ އަނެއް ދުވަހަށް އޭގެ ފައިދާ ކުރާނެ ކަމެކެވެ. ރޭގަނޑަށް ބަހާލައިގެން ބާރަ ވަރަކަށް ތަށި ނުވަތަ އެމީހެއްގެ ހަށިގަނޑާއި އަދި ހެލިފެލިވެ އުޅޭމިންވަރަކަށް ބަލާފައި އެމީހަކަށް ބޭނުންވާ މިންވަރަށް ފެންބުއިމަކީ ވެސް އެހާމެ ރަނގަޅު ކަމެކެވެ. 

ކޮފީ އާއި ސައި އަދި އެހެނިހެން ކެފެއިން އަޅާފައިވާ ބުއިންތަކާއި ފިޒީ ބުއިންތަކުން ދުރުހެލިވުން ވެސް މުހިންމެވެ. ކެފެއިންގެ މިންވަރު ގިނަވުމަކީ ޑީހައިޑްރޭޝަނަށް މަގުފަހިވާ ކަމެކެވެ.

ރަމަޟާންމަހު މިންހެޔޮ ދުޅަހެޔޮ ޑައިޓެއް އެންމެންނަށްވެސް މުހިންމެވެ ްއަދި މާބަނޑު އަންހެނުންނަށް ވަރަށްބޮޑަށްމުހިންމެވެ. ރޯދައަށް ހުންނަ ވަގުތުގައި ހަށިގަނޑަށް ހަކަތަ ލިބޭނެ ރަނގަޅު ކާނާ ކެއުމުގައި ހިމެނިފައިވާކަން ޔަގީން ކުރަން ޖެހެ އެވެ.  ހޯލްމީލް ރޮށި، އޯޓްސް، ސްވީޓް ޕޮޓޭޓޯ އަދި މަލްޓިގްރޭން ޕްރޮޑަކްޓްސް ފަދަ ކާނާ އެވެ.

ބިސް، ޓެމްޕޭ، ސޯޔާ ބިސް އަދި ކިރު ފަދަ ޕްރޮޓީން ގިނަ ކާނާ އިތުރުކުރުމަކީ ވެސް ވަރަށް މުޙިއްމު ކަމެކެވެ. މި ޕްރޮޓީންތަކުގެ ސަބަބުން ދަރިފުޅު ބޮޑުވުމަށް ވެސް އެހީތެރިވެދެއެވެ. ހަމަ މިއާއެކު ދަރިފުޅުގެ އައިބުތަކުން ރައްކާތެރިކުރުމަށް ފޮލިކް އެސިޑް ހިމެނޭ ކާނާ ހިމެނުމަށް ސަމާލުވާށެވެ.

ޕްރޮސެސްޑް ކާނާއާއި ސަރުބީ، ލޮނު، އަދި ހަކުރު ގިނަ ކާނާ ކެއުމުން ދުރުހެލިވުން

ބަނޑުހައިވެފައި ހުންނައިރު ފޮނި، ލޮނު، ސަރުބީ ކާނާ ކެއުމަށް ކެތްމަދުވުމަކީ އާދައިގެ ކަމެކެވެ. މި ކާނާއަކީ ވަރަށް ގިނައިން ކެލޮރީ އެކުލެވޭ ކާނާތަކެކެވެ. އަހަރެމެންގެ ހަރަކާތްތެރިކަމުގެ މިންވަރު ކާނާއިން ލިބިދޭ ކެލޮރީ އަށްވުރެ ދަށްވެއްޖެނަމަ ފަސޭހައިން ބަރުދަން އިތުރުވެ، ލޭމައްޗަށްދިއުމާއި، ހަކުރުބައްޔާއި، ކޮލެސްޓްރޯލް މަތިވުމުގެ ނުރައްކާ ކުރިމަތިވެއެވެ. އެހެންކަމުން ތެލުލި ކާނާގެ ބަދަލުގައި ސްޓީމް ކޮށްގެން ނުވަތަ ފިހެގެން ކާށެވެ. ހަވާދާއި މިރުސް އެކުލެވޭ ކާނާ ކެއުން ހުއްޓާލުމަކީ ތަކްލީފްތަކުން މިންޖުވާނޭ ކަމެކެވެ. ބަޓަރާއި މާޖަރީން އާއި އެކު އަޅާފައިވާ ޕޭސްޓްރީ ކެއުން ވެސް މަދުކޮށްލާށެވެ.

މާ ގިނައިން ޕްރޮސެސްޑް ކާނާ (އެބަހީ ސޮސެޖް، ސްނެކްސް، މާޖަރީން، ލޮނު ޖަހާފައިވާ މަހާއި ޕްރޮސެސްޑް މީޓް)، ކެޗަޕް، އަދި ލޮނު ގިނަ ކާނާގެ ރަހަ ޖގެނެސްދޭ ކާނާ ކެއުމުން ދުރުހެލިވާށެވެ.

ބަނޑުހައިވެފައި ހުންނައިރު ފަސޭހައިން މާގިނައިން ކާލެވެއެވެ. މިފަދަ ހާލަތްތަކުގައި މާގިނައިން ކެއުމުގެ ސަބަބުން މާގިނައިން ކެލޮރީ ބޭނުންވެ، މާބޮޑަށް ބަރުދަން އިތުރުވުމުގެ ނުވަތަ ފަލަވުމުގެ ނުރައްކާ ކުރިމަތިވެއެވެ.

އަދި ޚާއްޞަކޮށް މާބަނޑު ދުވަސްވަރުގެ ތިންވަނަ ޓްރައިމަސްޓާގައި ހަޖަމު ނުވުމުގެ ހިތްދަތިކަން ކުރިމަތިވެދާނެއެވެ. އެހެންކަމުން އަހަރެމެންގެ ކެއުން މަދު މަދުން 3 ނުވަތަ 4 އިރަށް ބަހާލައިގެން ކެއުން މުހިއްމުވާނެއެވެ. އެއްކޮށް ބަނޑު ފުރި މަތިންއަރާވަރަށް ނުކައި މެދުމިންވަރަކަށް ކާން އާދަ ކުރާށެވެ. އަދި ކެއުމަށް ކުޑަވަގުތު ކޮޅެއް ލިބިފައިވާ އިރު ކާ ކާނާ އަކީ ދުޅަހެޔޮ ކާނާ ކަމުގައި ހަދާށެވެ.

 

މިއަދު އޮންލައިން