ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ފަށަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ފަށަނީ!

ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ މިހާރު އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދާފައިވާކަމަށާއި މަސައްކަތަށް ބޭނުންވާ ފައިސާ ލިބޭނެ އިންތިޒާމްވެސް ހަމަޖައްސަވާފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް އެ މަސައްކަތް ކުރުމަށް ބަޔަކާއެކު އެއްބަސްވުމެއްގައި ސޮއިކުރައްވާނެކަމަށާއި އަމާޒަކީ އޭޕްރީލްމަހުގެ ތެރޭގައި ޕޯޓް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށުންކަމަށް ވަޖީހު ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުން ގުޅި ފަޅަށް ވިޔަފާރި ބަނދަރު ބަދަލުކުރަން ނިންމި ނަމަވެސް މި ސަރުކާރުން ވަނީ ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރުމަށް ނިންމަވާފައެވެ.

މިއަދު އޮންލައިން