ކުށްކުށުގައި ބަންދުކުރާ މީހުން ދޫކޮށްލަނީ ކޯޓުތަކުން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރަކުން ނޫންކަން ރައްޔިތުންނަށް އެނގުން މުހިންމުކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒިރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އިޙްސާން މިހެންވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ވިދާޅުވީ ކުށްކުށުގައި ތަހުގީގު ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުކުރާ މީހުން ދޫކޮށްލަނީ ކޯޓުތަކުން ކަމަށާއި، އެ ފަރާތްތައް ދޫކޮށްލަނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރަކުން ނޫންކަން ރައްޔިތުންނަށް އެނގުން މުހިންމު ކަމަށެވެ.
ވަޒީރު މިހެން ވިދާޅުވެފައިމިވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ޝަރީޢަތް ނިމެންދެން ހައްޔަރުކުރި މީހަކު ދޫކޮށްލުމަށް މެޖިސްޓްރޭޓް ކޯޓަކުން ނިންމި ނިންމުމާ ގުޅިގެން، އެކަމާ ނުރުހުންފާޅުކޮށް ބައެއްފަރާތްތަކުން ސޯޝަލް މީޑިއާގައި ޝުޢޫރުފާޅުކުރަމުންގެންދާ ދަނޑިވަޅެއްގައެވެ.