ގޯތިތަކުގެ އިންވަކި ކުރުމުގެ މަސައްކަތް އެޗް.ޑީ.ސީން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
ގޯތިތަކުގެ އިންވަކި ކުރުމުގެ މަސައްކަތް އެޗް.ޑީ.ސީން ފަށައިފި

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތިތައް ދޫކޮށްފައިވާ ސަރަހައްދު ސާފުކޮށް ގޯތިތަކުގެ އިންވަކި ކުރުމުގެ މަސައްކަތް އެޗް.ޑީ.ސީން ފަށައިފިއެވެ.

އެޗް.ޑީ.ސީންގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު މި މަސައްކަތް ފަށްޓަވައިދެއްވަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ، މިގޮތަށް ބިން ސާފުކޮށް އެއްވަރުކޮށް އިންފާރު ވަކިކޮށްދިނުމުން، މަސައްކަތް އަވަސްވެ ޕޯޓަލް މެދުވެރިކޮށް ދޭ ހުއްދައަކާއެކު އިންފާރު ވަގުތުން ރާނަން ފެށޭނެ ކަމަށެވެ.

މިއީ ކުރީގައި 3 މަރުހަލާއެއްގައި ކުރަމުން އައި މަސައްކަތްކަން ފާހަގަކޮށް ފަޒުލް ވިދާޅުވީ 3 މަރުހަލާ މިހާރު އެއް މަރުހަލާއަށް ބަދަލުކޮށްދީފައިވާ ކަމަށެވެ.

ނެޓްވޯކް މައްޗަށް ގޯތިތައް އަރާފައި ހުރިކަމަށް ބުނެ ބިން ނުދީ ނުތިބޭނެ ކަަމަށާއި، އެޗް.ޑީ.ސީ ސްޓެލްކޯ އަދި އެމް.ޑަބްލިއު.އެސް.ސީ ގުޅިގެން އެ ނެޓްވޯކްތައްވެސް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފަޒުލް ވިދާޅުވިއެވެ.

މިއަދު އޮންލައިން