- ސިއުޒާ -
ބޭނުންވާ ތަކެތި:
2 ގަބުޅީގެ ހުނި (ބޮޑު)
1 ޖޯޑު ގަބުޅި ފެން
½ 1 ޖޯޑު ހަކުރު
1 ޖޯޑު ފުށް
2 ބިސް
2 މ. ސަމުސާ ކޯރންފްލާރ
2 ސ. ސަމުސާ އެސެންސް
1 ސ. ސަމުސާ ބޭކިންގ ޕައުޑަރ
ހައްދަވާނެ ގޮތް:
ގަބުޅީގެ ހުނިކޮޅު، ގަބުޅި ފެން، ހަކުރު އަދި ބިސް އެއްކޮށް މިކްސަރުން ގިރާލާށެވެ. އަދި ކޯޜންފްލާރ އެއްކޮށްލާށެވެ. ކޯރންފްލާރ ކޮޅު ރަނގަޅަށް އެއްވުމުން ފުށްކޮޅު އެއްކޮށްލާށެވެ. ރަނގަޅަށް ފުށްކޮޅު އެއްވުމުން އެސެންސް ކޮޅު އަޅާލާފައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ބޭކިންގ ޕައުޑަރ ކޮޅު އަޅާލުމަށްފަހު މަޑުމަޑުން އެއްކޮށްލާށެވެ.
ޓްރޭގައި ރަނގަޅަށް ތެޔޮފޮދެއް އުނގުޅާލުމަށް ފަހު ޓްރޭ އަށް ތައްޔާރުކޮށްލި ބައި އަޅާލާށެވެ. އަދި 180 ޑިގްރީގައި އަވަނުގައި ފިހެލާށެވެ. ގާތްގަނޑަކަށް ½ 1 ގަޑިއިރުން ރަނގަޅަށް ފިހެލެވޭނެއެވެ.
މިއީ ކުރީގެ މީހުންގެ މެދުގައި ވަރަށް އާންމު އެއްޗެއް ނަމަވެސް، މިހާރުވެސް ވަރަށް ގިނަ މީހުންނަށް ކަމުދާ މީރު ފޮނިއެއްޗެކެވެ.