އިޙްސާސް ކުރެވޭ ހޫނުމިން 44 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް!

އަހުމަދު
ކިޔުމަށް ހޭދަވާނީ 51ސ
އިޙްސާސް ކުރެވޭ ހޫނުމިން 44 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް!

އިޙްސާސް ކުރެވޭ ހޫނުމިން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް 44 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް އަރައިފިއެވެ.

މިކަމާގުޅިގެން މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ، މިއަދު ހުޅުލޭގެ ހޫނުމިން 33.1 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް އިހުސާސްކުރެވޭ ހޫނުމިން ހުރީ 44.7 ޑިގްރީ ސެލްސިއަސްގައެވެ. އަދި ހދ. ހަނިމާދޫގެ ހޫނުމިން 33.5 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 43.7 ޑިގްރީ ސެލްސިއަސްގައި ހުރިކަމަށެވެ.

މީގެ އިތުރުން ގދ.ކާޑެއްދޫގެ ހޫނުމިން 31.8 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 41.7 ޑިގްރީ ސެލްސިއަސް ގައިކަމަށާއި ލ. ކައްދޫގެ ހޫނުމިން 31.6 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 41 ޑިގްރީ ސެލްސިއަސްގައިކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.

އައްޑޫސިޓީ ގަމުގައި ހޫނުމިން 32 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 40.8 ޑިގްރީ ސެލްސިއަސްގައި ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

މިއަދު އޮންލައިން