ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާނުންސުރެ އޮތް ބަދަހި ގުޅުން ހީނަރުވެފައި އޮތުން: ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 59ސ
ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާނުންސުރެ އޮތް ބަދަހި ގުޅުން ހީނަރުވެފައި އޮތުން: ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންސް

އިމިގްރޭޝަނާ ހަވާލުވިއިރު ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާނުންސުރެ އެ މުއައްސަސާގެ ތެރޭގައި އޮތް ބަދަހި ގުޅުން ހީނަރުވެފައި އޮތް އޮތުން ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންސް މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވެސް އިމިގްރޭޝަންގެ 74 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވީ އިމިގްރޭޝަނާ ހަވާލުވިއިރު ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާނުންސުރެ އެ މުއައްސަސާގެ ތެރޭގައި އޮތް ބަދަހި ގުޅުން ހީނަރުވެފައި އޮތް އޮތުންކަމަށާއި އެހެންކަމުން އެންމެ ޚާއްސަ އިސްކަމެއް ދެއްވައިގެން ފެއްޓެވި މަސައްކަތަކީ މުވައްޒަފުންގެ މެދުގައި ގުޅުން ރަނގަޅުކޮށް، މުއައްސަސާގެ ތެރޭގައި އޮންނަންޖެހޭ އެއްބައިވަންތަކަމުގެ ގުޅުން އަލުން އާލާކޮށް ދިރުވުމަށްކަމަށެވެ.

އަދި ވޭތުވެ މަދު ދުވަސްކޮޅުގެ ތެރޭގައިވެސް އޭގެ ފޮނި ނަތީޖާ ފެންނަން ފަށާފައިވާކަމަށް ޝަމްޢާން ވަހީދު ވިދާޅުވިއެވެ.

ޝަމްޢާން ވަނީ އިމިގްރޭޝަންގެ ޚިދުމަތްތައް ފުޅާވެގެން އައުމުގައި މުވައްޒުގެ ބުރަ މިންނެތް މަސައްކަތް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

 

މިއަދު އޮންލައިން