އެސްޑީއެފްސީން ލޯނު ދޫކުރުން ހުއްޓާލާފައި ނުވާކަމަށް އެ ބޭންކުން ބުނެފިއެވެ.
އެސްޑީއެފްސީން ލޯނު ދޫކުރުން ހުއްޓާލާފައިވާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެން އެސްޑީއެފްސީއިން ނެރުނު ބަޔާނުގައި ބުނީ އެ ބޭންކުން ލޯނު ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފައިވާކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާއި ޚިލާފު ވާހަކަތަކެއްކަމަށާއި އެ ބޭންކުން ދޫކުރަމުން ގެންދާ ލޯނުތައް އިތުރުވެސް ކޮށްފައިވާކަމަށެވެ.
އަދި "ކަނޑުފަޅު ނަފާ" ލޯނުގެ ދަށުން ފަރުމަހުގެ މަސްވެރިކަމަށް ހާއްސަ ލޯނެއް ތައާރަފްކޮށްފައިވާކަމަށްވެސް އެބޭންކުން ބުނެފައިވެއެވެ.
މީގެއިތުރުން "ދަނޑުވެރި ނަފާ" ލޯނާއި އަންހެނުން ޝާމިލްވާ ވިޔަފާރިތަކަށް "ފަށާ މަދަދު" ލޯނަށް މިހާރުވެސް ހުށަހެޅޭނެކަމަށް އެ ބެންކުން ބުނެއެވެ. އަދި މި ލޯނުތަކަށް އެ ބޭންކުގެ ކަސްޓަމަރ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެކަމަށްވެސް ބެންކުން ބުނެއެވެ. މީގެއިތުރުން މި އަހަރުގެ މިހާތަނަށް ކަސްޓަމަރުންގެ ފަރާތުން ލޯނު ހޯދުމަށް އެދި ގިނަ ހުށައެޅުންތަކެއް ލިބެމުންދާކަމަށްވެސް ބެންކުން ބުނެއެވެ.