ޖަޕާން ސަރުކާރުން ރާއްޖެއަށް 6.5 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
ޖަޕާން ސަރުކާރުން ރާއްޖެއަށް 6.5 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

ޖަޕާން ސަރުކާރުން ރާއްޖެއަށް 6.5 މިލިއަން ޑޮލަރުގެ އެހީއެއް ދީފިއެވެ.

ޖަޕާނުން މި އެހީ ދީފައިވަނީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ގުޅޭ މަސައްކަތްތަކާއި، ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް އެހީތެރިވުމުގެ ގޮތުންނެވެ.

މިކަމާބެހޭ އެއްބަސްވުންތަކުގައި، ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު މޫސާ ޒަމީރެވެ. ޖަޕާން ސަރުކާރުން ސޮއިކުރެއްވީ އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީއެވެ.

މި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ޖަޕާނަކީ އަބަދުވެސް ރާއްޖެއާ ގާތްގުޅުމެއް ބާއްވާ ޤައުމެއްކަމަށާއި  ޖަޕާނުން މިފާއިތުވި 56 އަހަރުތެރޭ އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

 

މިއަދު އޮންލައިން