ވޭތިވެދިޔަ އަހަރުތަކުގައި މޫސުމާބެހޭ ދާއިރާ އޮތީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ދެކިފައި: ޠާރިޤް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ވޭތިވެދިޔަ އަހަރުތަކުގައި މޫސުމާބެހޭ ދާއިރާ އޮތީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ދެކިފައި: ޠާރިޤް

ވޭތިވެދިޔަ އަހަރުތަކުގައި މޫސުން ދިރާސާކުރުމާއި މޫސުމީ ބަދަލުތަކާ ގުޅުންހުރި ދާއިރާ އޮތީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ދެކިފައިކަމަށް މުސޫމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ޔޫއެސްއެއިޑްގެ އެހީގައި ކުރިއަށްދާ މޯލްޑިވްސް އިމްޕެކްޓް-ބޭސްޓް ފޯކާސްޓް ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވާ ވާހަކަދައްކަވަމުން ޠާރިޤް ވިދާޅުވީ މޫސުމާ ގުޅޭ މަސައްކަތްތަކުގެ ދާއިރާއަކީ ރާއްޖެފަދަ ޤައުމަކަށް ވަރަށް މުހިންމު ދާއިރާއެއްކަމަށާއި އެމަނިކުފާނު ކުރީގައި ވަޒީރުކަމުގެ މަޤާމުގައި ހުންނެވިއިރު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ޚިދުމަތްތައް ފުޅާކުރެއްވުމަށް ގިނަ ޚިދުމަތްތަކެއް ޤާއިމުކުރެއްވި ނަމަވެސް، ވޭތުވެ ދިޔަ އަހަރުތަކުގައި އެކަމަށް އަޅާނުލެވުމުގެ ސަބަބުން މީގެ ގިނަ ވަސީލަތްތަކެއް މިހާރު ހުރީ ހަލާކުވެ ބޭނުން ނުކުރެވޭ ހާލަތުގައިކަމަށެވެ.

2013-2018އަށް އަތޮޅުތަކުގައި ޤާއިމުކުރި 44 އޮޓަމެޓިކް ވެދަރ ސްޓޭޝަންގެ ތެރެއިން ބޭނުންކުރެވޭ ޙާލަތުގައި ހުރީ 12 ސްޓޭޝަންކަމަށާއި "ރާއްޖޭގެ %45 ކަވަރ ކުރެވޭ ޑޮޕްލަރ ވެދަރ ރާޑަރ ސިސްޓަމެއް އައްޑޫގައި ބެހެއްޓުމުގެ މަސައްކަތް މިދަނީ ކުރަމުން. އެކަމުގެ މަޝްވަރާތައް ކުރިއަށްދޭ. ކުރިއަށް އޮތް 2 އަހަރުތެރޭ އެ ނިޒާމު ޤާއިމުކޮށް ބޭނުންކުރަން ފަށާނަން." ޠާރިޤް ވިދާޅުވިއެވެ.

މިއަދު އޮންލައިން