"މައިލޯ ރަމަޟާން ހާފް ކޯޓް ނެޓްބޯލް ޗެލެންޖް 2024" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ފިއޮންޓީ ސްޕޯޓްސް އެކެޑަމީން އިންތިޒާމުކޮށްގެން ހުޅުމާލޭ ނެޓްބޯޅަ ކޯޓުގައި މިދިޔަ އަންގާރަ ދުވަހު ފެށި މި ފެސްޓިވަލްގެ ފައިނަލް މެޗުތައް ކުޅެފައިވަނީ ރޭގައެވެ.

މި ފެސްޓިވަލްގައި ތިން އުމުރުފުރާއެއްގެ ކުޅުން ކުރިއަށްދިޔައިރު، 17 އަހަރުން ދަށުގެ ފައިނަލް މެޗުގައި ޓީމު ވައިޕާސް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ޓީމު ފެނޮމްސްއެވެ. ކުއީން އޮފް ދަ ޗެލެންޖުގެ މަގާމަށް އިޝްރާން ހޮވުނުއިރު އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ އިޝްރާން އަބްދުﷲ ޖަމީލާއި، އިންޝާ އާއި، އާމިނަތު އަލްޔާ އަލީގެ އިތުރުން އިފާ މުޙައްމަދު ސައީދެވެ.

ފައިނަލް މެޗުތައް ބައްލަވާލައްވައި ފެސްޓިވަލުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދެވެ.
