ބޭރުން ގަންނަން ބޭހަށް ރިފަންޑުކޮށްދިނުން ހުއްޓާނުލާކަމަށް އެންސްޕާއިން ބުނެފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ބޭރުން ގަންނަން ބޭހަށް ރިފަންޑުކޮށްދިނުން ހުއްޓާނުލާކަމަށް އެންސްޕާއިން ބުނެފި

ރާއްޖެއިން ނުލިބިގެން ބޭރުން ގަންނަން ބޭހަށް ރިފަންޑުކޮށްދިނުން ހުއްޓާނުލާކަމަށް އެންސްޕާއިން ބުނެފިއެވެ.

މިކަމާގުޅިގެން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ ރާއްޖެއިން ނުލިބޭ ބޭސް ގަތުމަށްފަހު ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން އެންސްޕާއަށް ބިލް ހުށައެޅުމުން ކޮންމެ ރައްޔިތަކަށްވެސް އެންސްޕާއިން އެފައިސާ ރިފަންޑްކޮށްދޭކަމަށާއި، އެކަން އެގޮތަށް ކުރަނީ ވަކި ސަރުކާރެއް އޮވެގެން ނޫންކަމަށެވެ.

ހީނާ މިހެން ބުނެފައިވަނީ އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ސަރުކާރު ބަދަލުވި ފަހުން ދާއިމީ ބަލިތަކަށް ބޭސް ބޭނުންވާ ފަރާތްތަކަށް އާސަންދަ މެދުވެރިކޮށް ބޭސްގަންނަން ފައިސާ ނުލިބޭކަމަށް ކަމަށް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.

ހީނާ ވިދާޅުވީ ކުރިއަށްއޮތްތަނުގައިވެސް ރާއްޖެއިން ނުލިބޭ ބޭސް އާންމު ރައްޔިތުން އެގޮތަށް ބޭސްގަތުމަށް އެންސްޕާއިން ދޭންޖެހޭ އެހީ ލިބޭނެކަމުގެ ޔަގީންކަން ދެއްވާކަމަށާއި އަދި ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ މިވީ ދުވަސްތަކުުގެ ތެރޭގައި އެތައް ފަރާތަކަށް އެގޮތަށް ފައިސާ ރިފަންޑްކޮށްދީފައިވާކަމަށެވެ.

 

މިއަދު އޮންލައިން