ޗައިނާއިން ރާއްޖެއަށް 1500 ޓަނުގެ ބޯފެން ހަދިޔާކޮށްފިއެވެ.
މިކަމާގުޅިގެން ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ޗައިނާގެ ޝީޒަންގ އޮޓޮނޮމަސް ރީޖަންގެ ހިލޭ އެހީގެ ދަށުން ހަދިޔާ ކުރި 1500 ޓަނުގެ ފެނުގެ ޝިޕްމަންޓް މިހާރު ރާއްޖެ އައިސްފައިވާކަމަށާއި އަދި މިފެން ބޭނުން ކުރަން ނިންމާފައިވަނީ ރާއްޖޭގެ ރަށްރަށަށް ފެނުގެ ދަތިކަންދިމާވާ ޙާލަތްތަކުގައި އެރަށްރަށަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށްކަމަށެވެ.
މި 1500 ޓަނުގެ ބޯފެނަކީ ޗައިނާގެ އޮޓޮނޮމަސް ރީޖަންގެ ޗެއަރމަން 2023 ވަނަ އަހަރު ނޮވެމްބަރު މަހުގެ ތޭރޭގައި ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖެއަށް ހަދިޔާ ކުރައްވަން ނިންމެވި ފެނުގެ ޝިޕްމަންޓެކެވެ. މިއީ ޝީޒަން އޮޓޮނޮމަސް ރީޖަންގެ ފަރުބަދަމަތީ ގަނޑުފެނުން އުފައްދާ ފެންފުޅީގެ 1500 ޓަނުގެ ޝިޕްމަންޓެކެވެ.