ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރުމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް މުހިންމު: ޝިޔާމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރުމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް މުހިންމު: ޝިޔާމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ ތަންފީޒުކުރުމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް މުހިންމު ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމު ޝިޔާމް ވިދާޅުވީ "ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް އެންމެ ފުރަތަމަވެސް ކުރެއްވި މަސައްކަތްޕުޅަކީ ރައީސްގެ މެނިފެސްޓޯ ތަންފީޒްކުރުމަށް މަޝްރޫޢުތައް 2024 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށްކުރި މަސައްކަތް. ޙަޤީޤަތަކީ މަޖިލީހަކު ނެތް އަޅުގަނޑުމެންގެ މެޖޯރިޓީއެއް. ރައީސަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޒިންމާދާރުކަން ކުޑަ މެޖޯރިޓީއެއް، އިދިކޮޅު މެޖޯރިޓީއެއް މަޖިލީހުގައި އޮތުން. މަޖިލީހުން ރައީސަށް އެއްބާރުލުން ނުދެއްވާ ދުވަސްތަކެއް ގުނުމަކީ އަޅުގަނޑުމެންނަށް ހިތާމަވެރިކަމެއް." ޝިޔާމް ވިދާޅުވިއެވެ.

2024 ވަނަ އަހަރުގެ ބަޖެޓުގައި ރައީސްގެ ވަޢުދުތައް ފުއްދުމަށް ބައެއް މަޝްރޫޢުތައް އެމްޑީޕީން ހިމަނައި ނުދިންކަންވެސް ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތިރުން ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން  ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފު ވެސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ހިންގިޔަ ނުދިނުމަށް އިދިކޮޅު އެމްޑީޕީން ކުރަމުން އަންނަ މަސައްކަތްތައް ހުއްޓުވޭނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ސަރުކާރަށް ކާމިޔާބުކޮށްދީގެން ކަމަށާއި ޕީޕީއެމް/ޕީއެންސީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދީގެން ތަރައްގީ އަތްފޯރާ ފަށަށް ގެނެވޭނެ ކަމަށެވެ. އެހެންކަމުން މި ލިބިފައިވާ ފުރުސަތު ދޫކޮށްނުލުމަށް އެމަނިކުފާނު ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

މިއަދު އޮންލައިން