ޚިޔާނާތުގެ މައްސަލައިގައި ފައްޔާޒު ފުލުހަށް ހާޒިރުކުރުވާން އަންގައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 38ސ
ޚިޔާނާތުގެ މައްސަލައިގައި ފައްޔާޒު ފުލުހަށް ހާޒިރުކުރުވާން އަންގައިފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މާދަމާ މެންދުރުފަހު 3:00 އަށް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ޗިޓްގައިވާ ގޮތުން ފައްޔާޒު ފުލުހަށް ހާޒިރުކުރަނީ އާރްޑީސީއަށް ލިބޭ ފައިސާ އެ ކުންފުނީގެ ވެރިންނާއި އާރްޑީސީއާ ގުޅުން އޮންނަ މީހުންނާއި ކުންފުނިތަކަށް ދޫކޮށް، އާރްޑީސީގެ ފައިސާއަށް ހިޔާނަތްތެރިވެފައިވާ މައްސަލައިގައި އެ ކުންފުނިން ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން ފައްޔާޒު އިސްމާއީލް އަށް މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތުކުރެވޭތީ ސުވާލުކުރުމަށެވެ.

ފައްޔާޒު ވަނީ މިކަން ހާމަކުރައްވާ ފައްޔާޒަށް ފޮނުއްވާފައިވާ ޗިޓު ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައެވެ.

މިއަދު އޮންލައިން