ހުޅުމާލެ ފޭސް ތިނެއްގެ ބިނާވެށި ތަރައްގީކުރުން ސީއެމްއީސީ އާއި ހަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
ހުޅުމާލެ ފޭސް ތިނެއްގެ ބިނާވެށި ތަރައްގީކުރުން ސީއެމްއީސީ އާއި ހަވާލުކޮށްފި

ހުޅުމާލެ ފޭސް ތިނެއްގެ ބިނާވެށި ތަރައްގީކުރުން ޗައިނާ މެޝިނަރީ އިންޖީނިއަރިންގް ކޯޕަރޭޝަން (ސީއެމްއީސީ) އާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީއެމްއީސީ އިން ސޮއިކޮށްފައިވަނީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިއެއްބަސްވުމުގެ ދަށުން ފޭސް 3 ގައި ކަރަންޓު ނެޓްވޯކްގެ މަސައްކަތް ފުރިހަމަކޮށް ފޯނާއި ނެޓްވޯކް ފަދަ ޚިދުމަތްތައް ގޭބީސީތަކަށް ގުޅައިދިނުމަށް ބޭނުންކުރާ ޖީޕޮން ނެޓްވޯކް އަޅާނެއެވެ. އަދި މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި މަގުތައް ތަރައްޤީ ކުރާނީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވެވޭނެ ގޮތަށެވެ. އަދި ފެނާއި ނަރުދަމާގެ ނިޒާމްވެސް އިތުރަށް ފުރިހަމަވާނެގޮތަށް ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

 

މިއަދު އޮންލައިން