ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވެއްޖެ

ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ޑރ. ޝިހާމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި "ޔޫއޭއީ އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ލިބޭނީ ކޮން ދުވަހަކުންތޯ؟" މެންބަރުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ޑރ. ޝިހާމް ވިދާޅުވީ "އާސަންދައަށް މިއަހަރަށް ބަޖެޓްކޮށްފައިވާ އަދަދުގެ ތެރެއިން މެނޭޖްކުރެވޭނެ ގޮތައް މި ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރެވެމުން. އަދި މި ބަދަލަކާއި އެކުވެސް އާސަންދައިގެ ހިދުމަތް ލިބޭ މީހުންގެ އަދަދަކަށް އުނިކަމެއް ނާންނާނެ. މިގޮތުން ހިދުމަތް ދޭނެ މޮޑެލްތަކާއި، ކަވަރ ކުރާނެ ހިދުމަތްތަކާއި ހަރަދު ހަމަޖައްސާނެގޮތުގެ މަޝްވަރާތައް ދަނީ ކުރެވެމުން. މިކަންކަން ނިމުން ކަމާގުޅުންހުރި ފަރާތްތަކަށް ހިއްސާކުރެވިގެންދާނެ" ކަމަށެވެ.

އާސަންދަ ހިދުމަތް ފުޅާކުރައްވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަ ކުރެއްވީ ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެވެ. 

 

މިއަދު އޮންލައިން