ނިލަންދޫ އެއަރޕޯޓުގެ އަޅަން ބިން ހިއްކަން އެމްޓީސީސީއާ ހާވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ނިލަންދޫ އެއަރޕޯޓުގެ އަޅަން ބިން ހިއްކަން އެމްޓީސީސީއާ ހާވާލުކޮށްފި

ފ. ނިލަންދޫ އެއަރޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އަދި އެމްޓީސީސީގެ ފަރާތުން އެކުންފުނީގެ ސީއީއޯ އަބުދު ﷲ ޒިޔާދުއެވެ.

މި މަޝްރޫއުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކަން ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން،  2،098 މީޓަރު ބޮޑު ހިލަ ރިވެޓްމަންޓް ޖަހައި 1،400 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުމަށް ވަނީ އެއްބަސްވެފައެވެ.

ފ. ނިލަންދޫ އެއަރޕޯޓް ހެދުމަށް ބިން ހިއްކުމަށް ބޭނުންވާ ސަރވޭއާއި އީއައިއޭ ހެދުމުގެ މަސައްކަތް ވެސް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަސައްކަތް 120 ދުވަހުން ނިންމާ ގޮތަށް ހަވާލުކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ.

މިއަދު އޮންލައިން