ބިމާ ބެހޭ ޤާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 56ސ
ބިމާ ބެހޭ ޤާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި

ބިމާ ބެހޭ ޤާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މިބިލު މަޖިލީހަށް ހުށަހަޅުއްވައިވަނީ ޒަމާނާ ގުޅޭގޮތަށް ބަދަލުތައް ގެނެސްފައެވެ.

ރާއްޖޭގެ ބިމުގެ ބާވަތްތައް ކަނޑައަޅައި، އެކި ބޭނުންތަކަށް ބިން އެކަށައެޅުމާބެހޭ އުސޫލުތަކާއި ވުޒާރާތަކާ ބަންޑާރަ ބިން ހަވާލުކުރުމުގެ އުސޫލުތައް އަދި އެކި ފަރާތްތަކަށް ބަންޑާރަ ބިން ދޫކުރުމާ ބެހޭ އުސޫލުތައް ބަޔާންކުރުމަށް ހުށަހަޅުއްވާފައިވާ މި ބިލުގެ ބަހުސް މިއަދު ވަނީ ފަށާފައެވެ.

މި ބިލުގައި ސަރުކާރުން ވަނީ ބިމާގުޅޭ ޙައްގުތަކާއި ބަންޑާރަ ބިން ދޫކުރުމާއި ބިން ކުއްޔަށް ދޫކުރުމާއި ބިން ވިއްކުމާއި ބިން ރަހުނު ކުރުމާއި ހިބައިން ނުވަތަ ވަސިއްޔަތުން ދިނުމާއި ބިމުގެ މިލްކުވެރިކަމާއި ބިމާ ގުޅޭ ޙައްގުތައް ބަދަލުކުރުމާއި ގުޅޭގޮތުން އަމަލުކުރަން ޖެހޭ މާއްދާތައް ހިމަނުއްވާފައެވެ. އަދި ބިން ވަކި ކުރުމާއި ދައުލަތަށް ނެގުމާއި ރީ-ރަޖިސްޓްރީ ކުރުމާ ގުޅޭ އުސޫލުތައް ވެސް ބިލުގައި ވަނީ ހިމަނުއްވާފައެވެ.

މި ބިލުގައިވާގޮތުން ބިމާބެހޭ ޤައުމީ އަދި އާންމު ސިޔާސަތުތައް ކަނޑައަޅުއްވާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

 

މިއަދު އޮންލައިން