ގެދޮރު ބިނާކުރުމަށްދޭ "ހިޔާވެހި ފައިނޭންސް ސްކީމް" އެޗްޑީއެފްސީއާއި ހަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 49ސ
ގެދޮރު ބިނާކުރުމަށްދޭ "ހިޔާވެހި ފައިނޭންސް ސްކީމް" އެޗްޑީއެފްސީއާއި ހަވާލުކޮށްފި

ގެދޮރު ބިނާކުރުމަށްދޭ ލުއި ލޯނުތަކެއް ތައާރަފުކުރަން ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ހިންގާ "ހިޔާވެހި ފައިނޭންސް ސްކީމް" ގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ރޭ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީންގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ. އަދި އެޗް.ޑީ.އެފް.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުންޏާއި އަލަށް ހަވާލުވި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޒީނާދެވެ.

މިކަމާގުޅިގެން ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިޔާވެހި ފައިނޭންސް ސްކީމް ހަމަޖެހިފައިވަނީ އިސްލާމިކް ފައިނޭންސިން މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. މި ސްކީމުގެ ދަށުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަކީ ފަސް ޕަސެންޓެވެ.

ގެދޮރު އެޅުމަށް ލުއި ލޯނެއް ހަމަޖައްސަވައިދެއްވުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށެވެ.

 

މިއަދު އޮންލައިން