ގޯތިތަކުގެ އިމުގެ ތެރެއަށް އަރާފައިވާ ތާރު ކެނޑުމުގެ މަސައްކަތްފަށައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 38ސ
ގޯތިތަކުގެ އިމުގެ ތެރެއަށް އަރާފައިވާ ތާރު ކެނޑުމުގެ މަސައްކަތްފަށައިފި

ބިންވެރިޔާ ސްކީމުގެ ދަށުން ދިން ގޯތިތަކުގެ އިމުގެ ތެރެއަށް އަރާފައިވާ ތާރު ކެނޑުމުގެ މަސައްކަތްފަށައިފިއެވެ.

މިމަސައްކަތުގެ ދަށުން ބިން ސާފުކޮށް އެއްވަރުކޮށް އިންފާރު ވަކިކޮށް ޕޯޓަލް މެދުވެރިކޮށް ދޭ ހުއްދައާއެކު އިންފާރު ރާނަން ފެށޭނެކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. ހަމައެއާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިލަފުނި ޖަހާފައި ހުރިތަންތަނުން ވެސް މިދިޔަ ސަރުކާރުން ބިން ދީފައި ހުރިކަމަށާއި އެ ތަންތަން ރީލޯކޭޓުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތީގެ ޕްލޮޓުތަކުގެ ތެރެއިން ފެނާއި ނަރުދަމާ ވިއުގައަށް އަރާގޮތަށް ދީފައިހުރި ގޯތިތަކުގެ އަޑީގައިހުރި ފެނާއި ނަރުދަމާގެ ވިއުގަތައް އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް އެމް.ޑަބްލިޔު.އެސް.ސީއާ ގުޅިގެން ދަނީ ކުރަމުންނެއެވެ.

މިއަދު އޮންލައިން