12 ރަށެއްގައި އަލަށް އެއަރޕޯޓް ތަރައްގީ ކުރުމަށް ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
12 ރަށެއްގައި އަލަށް އެއަރޕޯޓް ތަރައްގީ ކުރުމަށް ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން 12 ރަށެއްގައި އަލަށް އެއަރޕޯޓް ތަރައްގީ ކުރުމަށް ނިންމައިފިއެވެ.

މި ޤަރާރަކީ ދައުލަތުގެ ޢާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއުތަކާއި އެ މަޝްރޫއުތައް ހިންގުމަށް މަދުވެގެން ކުރަން ޖެހޭ އިންވެސްޓްމަންޓް ހާމަކުރައްވާ ނެރުއްވި ޤަރާރެކެވެ.

އަލަށް އެއަރޕޯޓު ތަރައްގީ ކުރާ ރަށްތައް: ހއ. ދިއްދޫ، ށ. ދިގުވެލި، ށ. މިލަންދޫ، ނ. ވިހަފަރު، ރ. ފައިނު، އއ. މަތިވެރި، ފ. ނިލަންދޫ އަދި ތ. ގުރައިދޫ އެވެ.

އަދި މީގެއިތުރުން އެހެން ބައެއް އެއަރޕޯޓުތައް އިތުރަށް ތަރައްގީ ކުރުމަށްވެސް ވަނީ ކަނޑައަޅުއްވާފައެވެ.

މިއަދު އޮންލައިން