"ދިވެހީންނަށް އިސްކަން" ކެމްޕޭން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 54ސ
"ދިވެހީންނަށް އިސްކަން" ކެމްޕޭން ފަށައިފި

"ދިވެހީންނަށް އިސްކަން" ކެމްޕޭން ފަށައިފިއެވެ.

މިއީ ދިވެހި އުފެއްދުންތަކަށް ޢާންމުންގެ މަޤްބޫލުކަން އިތުރުކޮށް ދިވެހި އުފެއްދުންތައް ކުރިއެރުވުމަށްޓަކައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީން ކުރިއަށް ގެންދާ ކެންޕޭނެކެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ބަހައިލައިގެން މިކެންޕޭން ކުރިއަށް ދާނީ އެކަމަށް ޚާއްސަކޮށް ބީސީސީން އުފައްދާފައިވާ ތިމާވެއްޓާ ރައްޓެހި ކޮތަޅެއްގައި ކޮންމެވެސް ދިވެހި އުފެއްދުމެއް ކޮންމެވެސް ފަރާތަކަށް ހަދިޔާކުރާ ގޮތަށް ކަމަށެވެ. އަދި އެ ހަދިޔާ ލިބޭ ފަރާތުން އެ ކޮތަޅުގައި އެހެން ފަރާތަކަށް ދިވެހި އުފެއްދުމެއް ހަދިޔާކުރާ ގޮތަށް ދެމިގެންދާ ގޮތަކަށް ކަމަށް ބީސީސީން ބުނެފައިވެއެވެ.

މިކަމާގުޅިގެން ބީސީސީން ބުނީ ކެމްޕޭން ކުރިއަށްދާ މުއްދަތުގައި އެ ކޯޕަރޭޝަނުން ދިވެހި އުފެއްދުންތަކަށް ޚާއްސަކޮށްގެން މާލޭގައި ހިންގާ އޮތެންޓިކް މޯލްޑިވްސް ފިހާރައިން ގަންނަ ކޮންމެ އެއްޗަކަށް 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

މިކެންޕޭން ކުރިއަށް ގެންދާނީ އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ.

މިއަދު އޮންލައިން