ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރެވޭގޮތަށް ޤަވާޢިދު އެކުލަވާލާ ޢާންމުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 44ސ
ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރެވޭގޮތަށް ޤަވާޢިދު އެކުލަވާލާ ޢާންމުކޮށްފި

ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރެވޭގޮތަށް ޤަވާޢިދު އެކުލަވާލާ ޢާންމުކޮށްފިއެވެ.

މިކަމާގުޅިގެން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި ރަޖިސްޓްރީކުރުމުގެ ޤަވާޢިދެއް އެކުލަވާލީ ކައުންސިލްތަކަށް ބިން ދޫކުރުމަށް ރައީސް ނިންމެވުމާއެކު ކައުންސިލުން އެކި ފަރާތްތަކަށް ބިން ދޫކުރާއިރު ޢަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް ކަމަށެވެ.

ޤަވާއިދުގައިވާ ގޮތުން ބިން ދޫކުރާނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިންނާއި ކައުންސިލްތަކުންނެވެ. ކައުންސިލްތަކުން ދޫކުރާނީ އެ ކައުންސިލެއްގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ބިންތަކެވެ. ކައުންސިލްތަކުގެ އިޚްތިޞާސްގެ ތެރޭގައި ނުހިމެނޭ ބިން ދޫކުރާނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިންކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި ޤަވާއިދުގައި ބުނެފައިވާގޮތުން 5 ގޮތަކަށް ބިން ދޫކުރެވޭނެއެވެ.

 މި ގަވައިދު މިހާރު ވަނީ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.

މިއަދު އޮންލައިން