ގުޅިފަޅު ހިއްކުމުގެ މުޅި މަޝްރޫޢުގެ މަސައްކަތް އޮގަސްޓް މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ނެދަލޭންޑްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތުގައި 150 ހެކްޓަރުގެ ބިން ހިއްކާއިރު މިހާތަނަށް 16.9 މިލިއަން ކިއުބިކް މީޓަރުގެ ވެލި އެޅުމުގެ މަސައްކަތް ނިމިފައިވާކަމަށާއި ބިން ހިއްކުމަށް ވެލި އެޅުމާއި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް ހިމެނޭހެން މުޅި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މުޅިން ނިންމާނެކަމަށް ރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ގުޅިފަޅު މަޝްރޫޢު އަވަސްކުރުމުގެ މަސައްކަތް މިސަރުކާރުން އަންނަނީ ކުރަމުންނެވެ. އަދި މި މަޝްރޫޢަށް ބިން އިތުރުކޮށް މުޅި ގުޅި ފަޅު ހިއްކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
ގުޅިފަޅު ހިއްކަން ބޮސްކާލިސްއާއި ހަވާލުކޮށްފައިވަނީ 2 ބިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.