މަރޗް މަހު ކަރަންޓާއި ފެން ބިލްތައް ދާނީ "ރަމަޟާންމަހުގެ ޑިސްކައުންޓް" އެބިލްތަކުގައި ހިމެނިގެން ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
މިކަމާގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވިދާޅުވީ މިގޮތަށް ބިލްކުރާއިރު އާންމު މަހެއްގައި ކަރަންޓާއި ފެނަށް ހޭދަކުރި އެވްރެޖް މިންވަރު ބަލާފައި ވާނީ، ފާއިތުވި 2023 އަހަރުގެ ރަމަޟާން މަސް ފަދަ ޑިމާންޑް މަތި މަސްތައް އުނިކުރުމަށް ފަހުގައިކަމަށާއި އެގޮތުން ޑޮމެސްޓިކް ކަސްޓަމަރަށް ބިލްކުރާރު، މިއަހަރުގެ މާރިޗް މަހުގެ ބިލަށް އެރި އަދަދާއި "ރަމަޟާން މަހުގެ ޑިސްކައުންޓް"ގެ ގޮތުގައި ދޭ އަދަދާއި އާންމު މަހެއްގައި އެ ކަސްޓަމަރަކު ބޭނުންކުރި އެވްރެޖު އަދަދު ބިލުން ފެންނަގޮތަށް ހިމަނަން އާންމު ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ
ކުންފުނިތަކަށް އަންގާފައިވާކަމަށެވެ.
އާއްމުގޮތެއްގައި ގޭބީސީތަކުގެ ކަރަންޓާއި ފެން ބިލަށް އަރާވަރަށްވުރެ ބިލުތައް ބޮޑުނުވާނެގޮތަށް ރަމަޟާން މަހު ބިލުކުރުމަށް ކުންފުނިތަކަށް އަންގަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ މަރޗް 3ވަނަ ދުވަހުއެވެ.